މިއަހަރުގެ ފުރަތަމަ ހަ މަހު ހައި ކޯޓުން ނިންމި މައްސަލައިގެ އަދަދު އިތުރުވެއްޖެ

ހައި ކޯޓުން މިދިޔަ އަހަރުގެ ފުރަތަަމަ ހަމަސް ދުވަހު ނިންމި މައްސަލަތަކަށް ވުރެ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިންމި މައްސަލަތައް އިތުރުވެއްޖެ އެވެ.
ހައި ކޯޓުގެ ފުރަތަމަ ހަމަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިމުއްދަތުގެ ތެރޭގައި ހައި ކޯޓުން 211 މައްސަލައެއް ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދުސްތޫރީ ހަތަރު މައްސަލައާއި، ވަޒީފާއާއި ބެހޭ 16 މައްސަލައާއި މަދަނީ 96 މައްސަލާއި 43 ޖިނާއީ މައްސަލައާއި އާއިލީ 10 މައްސަލައިގެ އިތުރުން އިންތިހާބީ 15 މައްސަލައެވެ.
މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ހައި ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 192 މައްސަލަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ހައި ކޯޓުން ނިންމާފައިވަނީ ޖުމްލަ 206 މައްސަލަ އެވެ. އެއީ ދުސްތޫރީ އެއް މައްސަލައާއި، ވަޒީފާއާ ބެހޭ 22 މައްސަލައާއި، މަދަނީ 105 މައްސަލައިގެ އިތުރުން 69 ޖިނާއީ މައްސަލައާއި ނުވަ އާއިލީ މައްސަލަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ހައި ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 219 މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ