ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރުޖަމާ ކުރައްވާ، މައުމޫން ފައުންޑޭޝަންގެ ފަރާތުން ނެރުނު “އަހަރެންގެ ދީނަކީ މިއީ” ފޮތް ރޭ އިފްތިތާހު ކޮށްފި އެވެ.
“އަހަރެންގެ ދީނަކީ މިއީ” މި ފޮތަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު އަލްޣަޒާލީ ލިޔުއްވާފައިވާ ފޮތެއްގެ ދިވެހި ތަރުޖަމާއެވެ.
މި ފޮތް އިފްތިތާހު ކުރަން ރޭ ބޭއްވުނު އޮންލައިން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޣަޒާލީގެ “ހާޒާ ދީނު” މި ފޮތަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފޮތެއް ކަމަށާ މި ފޮތަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގީދާތަކާއި ހުކުމްތައް އުނދަގުލެއްނެތި ފަހުމުވާ ފަދަ ގޮތަކަށް ރީތި އިބާރާތުން ބަޔާން ކުރައްވާފައިވާ ފޮތެއް ކަމަށެވެ.
މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަހަރެންގެ ދީނަކީ މިއީ” ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ކުރިން ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
“އަހަރެންގެ ދީނަކީ މިއީ” މި ސިލްސިލާގެ އިތުރު ފޮތްތަކެއް ނެރުއްވުމަށް މަަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ރޭ ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ މި ފޮތް ނެރުމަށް އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
މައުމޫން ފައުންޑޭޝަންގެ “އަހަރެންގެ ދީނަކީ މިއީ” ފޮތް އިފްތިތާހު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ