ހުކުރު މިސްކިތް އަލުން ހުޅުވައިފި

ހުކުރު މިސްކިތް މަރާމާތުކުރުމަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހިފައި ވީނަމަވެސް މިސްކިތް ހުޅުވާފައި ވަނީ މި ވަގުތަށް މުހިންމު މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތަށް ފަހު ކަމަށެވެ.
އެގޮތުން މިއަދުގެ އަޞުރު ނަމާދު ކުރުމަށްޓަކައި މިސްކިތް ހުޅުވާފައިވާ އިރު ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭ އާއި ކަމާއިބެހޭ އިދާރާތަކުން ދެމުންދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތް މަރާމާތުކުރުމަށް ބަންދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ