ރައްޔިތުން މަގުމައްޗަށް ނިކުތީ ސަރުކާރުން ރައްޔިތުން މަގުމަތި ކުރީމަ: އަދުރޭ

ރައްޔިތުން މަގުމައްޗަށް ނިކުތީ މި ސަރުކާރުން ރައްޔިތުން މަގުމަތި ކުރީމަ ކަމަށް އިިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ ރައްޔިތުން މަގުމައްޗަށް ނިކުތީ ރައްޔިތުން ނިކަމެތި ކުރީމަ، ކަމަށާއި އަދި ބިކަ ކުރީމަ ކަމަށެވެ. އަދި އެހިސާބަށް ކަންތައް ދިޔުމުން ރައްޔިތުން ނިކުމެ ރައްޔިތުންގެ އަޑު އުފުލާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ."ރައްޔިތުން ބަސް ރައްޔިތުން އިއްވާނެ، ރައްޔިތުންގެ ހައްޤު ރައްޔިތުން ހޯދާނެ، ރައްޔިތުންނެއް ނުހުއްޓުވޭނެ" އަދުރޭ ވިދާޅުވިއެވެ. މިނިވަން ދުވަހުގެ ރޭ އާންމުންގެ ބަޔަކު ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ޖަންކްޝަނަށް އެއްވެ މުޒާހަރާ ކޮށްފައެވެ. އަދި އެފަހުން ރޭވެސް އެފަދަ މުޒާހަރާއެއް ވަނީކޮށްފައެވެ. މުޒާހަރާތަކުގައި އިދިކޮޅު ކޯލިޝަނުގެ ބައެއް ބޭފުޅުންވެސް އަންނަނީ ބައިވެރިވަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ