ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދެނީ

ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ނިންމައި އެކަމަށް ޚާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި މަޖިލީހުގެ މި ދައުރުގެ މެދުތެރޭގައި އެ ބިލް މަޖިލީހަށް ހުށަހެޅުމަށް  އެ އޮފީހުން މިހާރު ވަނީ ނިންމާފައެވެ.ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ޤާނޫނު ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ބިލްގެ އިތުރުން ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މަޖިލީހަށް ހުށަހަޅާނެ 31 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި އިންކަމް ޓެކްސް ނެގުމުގެ ބިލާއީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖަމިއްޔާތަކާއި ބެހޭ ބިލާއި އިންތިގާލީ އަދާލަތުގެ ބިލުވެސް ހިމެނެ އެވެ.މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ބިލާއި ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލް، ފޮރިން އިންވެސްޓަރުންގެ ބިލާއި ޗާޓާޑް އެކައުންޓެންޓުންގެ ބިލަކީ ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު މަސައްކަތް ކުރަމުންދާ ބިލްތަކެކެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ