އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެއްލެވުމަށް އެގައުމަށް ވަޑައިގަންނަވަން ބޭނުންވެޑައިގަންނަވާކަން އދ. އިން އީރާނަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕޮޓިއާ އޮން ހިއުމަން ރައިޓްސް ޑރ. އަހުމަދު ޝަހީދު އީރާން ސަރުކާރަށް ރަސްމީކޮށް އިއްޔެ އަންގަވައިފި އެވެ.
ޑރ. ޝަހީދު އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އީރާނަށް ވަޑައިގެން އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވަން ޝައުގުވެރިވެވަޑައިގަންނަވާ ކަން އެގައުމުގެ ސަރުކާރަށް ލިއުމުން އަންގަވާފައި ވާނެ ކަމަށެވެ.
ޑރ. ޝަހީދުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް އީރާނުން ތަބާވުމަށް އޭނާ އުއްމީދުކުރައްވާ ކަމަށެވެ. އަދި އީރާނަށް ވަޑައިގަންނަނަވަން ބޭނުންފުޅުވާ ކަމާއި އޭނާގެ ތައާރަފެއް އީރާނު ސަރުކާރަށް ލިއުމުން ހުށައަޅުއްވާފައި ވާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރިޕޯޓްކުރުމުގެ މަސައްކަތާ ޑރ. ޝަހީދު ހަވާލުވެޑައި ގެންނެވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
އީރާނުން ކުރިން ބުނެފައި ވަނީ އދ.ގެ ސްޕެޝަލް ރެޕޮޓިއާގެ ހައިސިއްޔަތުން އީރާނަށް ވަޑައިގަތުމުގެ ހުއްދަ ޑރ. ޝަހީދަށް ނުދޭނެ ކަމަށެވެ. ނަމަވެސް އަމިއްލަ ފުޅު ހައިސިއްޔަތުން އީރާނަށް ވަޑައިގަތުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށް ވެސް އީރާނުން އޭރު ބުނެފައިވެ އެވެ.
އިރާނަށް ދަތުރުކުރެއްވުމުގެ ހުއްދައަށް ޑރ. ޝަހީދު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ