ފަހި ދިރިއުޅުން ފުލެޓުތަކަށް ކުރީ ސަރުކާރުން ނުދައްކާ އޮތް 178 މިލިއަން ރުފިޔާ ދައްކައިފި

ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 178 މިލިއަން ރުފިޔާ މި ސަރުކާރު ހަވާލުވެ ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކޮށް، މި ސަރުކާރުންވަނީ އެ މަޝްރޫއުގެ ދުވެލި އަވަސްކޮށްފަ އެވެ.
އެމްޑީޕީ ސަރުކާރުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އަޅަން ފެށި 4،000 ހައުސިން ޔުނިޓުގެ މަސައްކަތަށް ސަރުކާރުން ދައްކަންޖެހޭ ފައިސާަގެ ތެރެއިން ނުދައްކާ ހުރި 178 މިލިއަން ރުފިޔާ މި ސަރުކާރުން ދައްކައިފި އެވެ. 
ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލު ވިދާޅުވީ މި މަޝްރޫއު އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތުން މަޝްރޫއުގެ މުޅި އަގު ކަމަށްވާ 267 މިލިއަން ޑޮލަރުގެ 15 އިންސައްތަ ދައްކަންޖެހެނީ ދިވެހި ސަރުކާރުންނެވެ. 
ހަމްދާން އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން މަޝްރޫއު ފަށައިގަތް ނަމަވެސް ވެރިކަން ބަދަލުވިއިރުވެސް އެ މަޝްރޫއަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ އެކީ ނުދައްކާ އޮތުމުން މަޝްރޫއުގެ ދުވެލި ވަރަށް ބޮޑަށް ލަސްވި ކަމަށެވެ. 
ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް 178 މިލިއަން ރުފިޔާ މި ސަރުކާރު ހަވާލުވެ ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރިކަން ހާމަކުރައްވަމުން ހަމްދާން ވިދާޅުވީ އެއާއެކު ކޮންޓްރެކްޓަރުގެ މަސައްކަތުގައި އިސްލާހުކުރަން ހުރި ކަންކަން ރަނގަޅުކޮށް މަސައްކަތް އަވަސްކުރި ކަމަށެވެ. 
ވަރަށް ލަސްކޮށް ހިނގަމުން އައި މަޝްރޫއުގެ ދުވެއްޔަށް އައި ބަދަލު ފާހަގަކުރައްވައި ހަމްދާން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި މަސައްކަތުގެ 32 އިންސައްތަ ނިންމާފައިވާނެ ކަމަށެވެ. 
"މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި %32 މަސައްކަތް ނިންމި. ބޮޑު ތަނުން މަސައްކަތް ވަނީ އަވަސްކޮށްފައި.،" ހަމްދާން ވިދާޅާުވި އެވެ. 
މި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް އިންޑިޔާ ދެ ކުންފުނިކަމަށްވާ ކޭޕީއައިއެލް އަދި އެންބީސީސީއާ 2021 ވަނަ އަހަރު ހަވާލުކުރި ނަމަވެސް ރަނގަޅަށް މަސައްކަތް ފަށައިގަނެވުނީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި 2023 ވަނަ އަހަރުވެސް އެ މަސައްކަތް ގޮސްފައިވަނީ ވަރަށް ލަސްކޮށެވެ. 
އެއިރު އެމްޑީޕީން ބުނަމުންއައީ މި މަޝްރޫއުގެ އެއް ބައި ޓަވަރުތައް ދައުރު ތެރޭގައި ނިންމަައި އެ ތަންތަނަށް މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ ތެރެއިން ފެށި އެއްވެސް ޓަވަރެއްގެ މަސައްކަތް ދައުރުގެ ތެރޭގައި އެއްކޮށް ނިންމައިނުލެވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ