ޚުޠުބާ: މުއްމިނުންގެ ސިފަތައް- ޤުރްއާނުން: މުދަލުޒަކާތް ދެއްކުމާ ފާޙިޝް ޢަމަލުތަކުން ދުރުހެލިވެ ހުރުން-

މުސްލިމް އަޚުންނޭވެ! އެ އާޔަތްތަކުގައި ތިންވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ދީނުގެ ރުކުނެއްގެ ވާހަކައެވެ. އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތެވެ. ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް އަންގަވާފައިވެއެވެ.  
މުސްލިމް އަޚުންނޭވެ! އެ އާޔަތްތަކުގައި ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކައެވެ. އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމެވެ. އަދި ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައެވެ. ޒިނޭކުރުން މަތީ ދެމިހުންނަ މީހާއާ މެދު މާތް ﷲ ވަޙީކުރައްވާފައިވެއެވެ.‏ --- މާނައީ: "އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ  ޙާލު، އެ  ޢަޛާބު ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."  
އެފަދަ ޢަމަލުތައް ކޮށްއުޅޭ މީހާ މާތް ﷲ ގެ މަގަށް ރުޖޫޢަވެ ތައުބާވާހުށިކަމެވެ! މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ----  މާނައީ: "تَوْبَة ވެ، إِيْـمَان ވެ، ގިނަގިނައިން صَالِـحُ عَمَلُ ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) الله، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رَحِيْم ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ. އަދި تَوْبَة ވެ صَالِـحُ عَمَلُ ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން الله އަށް تَوْبَة ވާ މީހެކެވެ." މާތް ﷲ އީ تَوْبَة ވާ މީހުންދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ގިނަގިނައިން تَوْبَة ވެ، އެކަލާނގެ ހަނދުމަކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ. آمين  
އެއަށްފަހު ދަންނާށެވެ! މާތް اللهގެ އަޅުތަކުންނޭވެ! އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ތިޔަބައިމީހުން اللهއަށް تَقْوَى ވެރިވާށެވެ! ހަމަކަށަވަރުން الله ވޮޑިގެންވަނީ تَقْوَى ވެރިންނާ އެކުގައެވެ. އަދި إِحُسَان ތެރިންނާ ވެސް އެކުގައެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ