އައިޓީބީ ޗައިނާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މި އަހަރުގެ އައިޓީބީ ޗައިނާގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖެ އައްޔަންކޮށް ދިވެހި ކުންފުނިތަކަށް ފެއަރގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނީ ފެއާގައި ބައިވެރިވުމަށް ފޯމު ހުށައެޅޭ މުއްދަތު އިތުރުކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހަރަކާތަށް ދިން ތަރުހީބާއި ޝައުގުވެރިކަމުގެ ސަބަބުންކަމަށެވެ.
އައިޓީބީ ޗައިނާގައި އެމްއެމްޕީއާރުސީ އާއެކު ބައިވެރިވުމަށް ބޭނުންވާ ކުންފުނިތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 25 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.
ޗައިނާގެ ޓްރެވަލް މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ލީޑިންގ ބީ2ބީ ޓްރޭޑް ޝޯއެއް ކަމަށްވާ އައިޓީބީ ޗައިނާ ކުރިއަށްދާނީ މިއަހަރުގެ މެއި މަހުގެ 27 އިން 29 އަށް، ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.
ޗައިނާ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މާކެޓެއްގެ ގޮތުގައި ދެމިއޮތްއިރު، ޗައިނާގެ ބޯޑަރުތައް މިދިޔަ އަހަރު އަލުން ހުޅުވާލުމާ ގުޅިގެން ގަދަ 1 ވަނަ މާކެޓްގެ މަގާމު ޗައިނާއިން ވަނީ އަލުން ހޯދާފައެވެ. އެހެންކަމުން އައިޓީބީ ޗައިނާގައި ބައިވެރުމަށް އިތުރުކޮށްފައިވާ މުއްދަތަކީ ޗައިނާގެ ކުރިއަރަމުން އަންނަ ޓްރެވަލް ސެކްޓަރުގެ ތެރޭގައި ނިންމުންތައް ނިންމާ ފަރާތްތަކާއި ޕޮޓެންޝަލް ޕާޓްނަރުންނާ ގުޅުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނަށް ލިބިގެންދާނެ އަގުހުރި ފުރުސަތެއްކަމަށް އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ