ފެނަކައިން އެދިއްޖެ ކޮންމެ ވަޤުތަކު އެހީތެރިކަން ފޯރުކޮށްދޭނަން! މައްސަލަޖެހުން އަވަސްވަނީ ފޭކް ސްޕެއާ ގެނެސްފަހުރީމަ! ވަރަށް ގިނަ ބޮޑެތި މައްސަލަތައް އެބަހުރި!: ޙުސައިން ފަހުމީ

ފެނަކައިން ފާހަގަކުރެވޭ ބޮޑެތި ބައެއް މައްސަލަތައް:
މިދިއަ ސަރުކާށރުގަ ފެނަކައިން އިސްކަންދީފައޮތީ އިންޖީނުގެތައް އަޅަން! ވަޒީފާގެ ފުރުޞަތު ގިނަކުރަން- 
- ކަރަންޓް އުފައްދާ ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކޮށްފައެއް ނެތް-
- ގެނެސްފަ ހުރީ ފޭކް ސްޕެއާ. ޖެނުއިން ސްޕެއާއެއް ނޫން. އެހެންވެ އެހާ އަވަސްއަވަހަށް މައްސަލަތައް ޖެހެނީ
- ކުޅުދުއްފުށްޓަށް ގެނެސްފަހުރީ މާލެއަށްވުރެ ދޮޅުގުނަ ބޮޑު ޓްރާންސްފޯމަރު
- ބަލަންޖެހޭވަރަށް ބަލައިގެނެއް ނޫން ކަންކަންކޮށްފަހުރީ! 
މިއަދުނޫސް: ދެން ތިބޭފުޅުން މިހާރު ފެނަކައަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާއިރުގަ ފެނަކައިގެ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުން އެމީހުންގެ ނެތް ޓެކްނިކަލް މީހުންނެއްވެސް،  ވަރަށް ދަތި ގޮތަކަށް އެކަންތައް ހުރީ! ދެން އެމީހުން އެހެންނަމަވެސް ހަމަ ސްޓެލްކޯއިން ނުހިންގި ނަމަވެސް ކުރިންވެސް މަނިކުފާނު ފާހަގަ ކުރައްވާފަ އޮންނާނެ ސަރުކާރުން ދޭންޖެހޭ ޚިދުމަތެކޭ ރައްޔިތުންނަށް ކަރަންޓް ދިނުން. ސްޓެލްކޯއިން އެކަން ކުރާނެކަމަށް! (އެއްބާރުލުން ދޭނެ ކަމަށް) ދެން މިކަން މިހާރަށްވުރެ ތަންކޮޅެއް ހަރުދަނާ ގޮތަކަށް ކުރިއަށް ގެނދިއުމަށް ފެނަކައާ ގުޅިގެން އެއްވެސް ކަހަލަ ޕްލޭނެއް އެއްޗެއް އެބައޮތްތޯ؟ 
ޙުސައިން ފަހުމީ: ފެނަކައިން އެހީ އަކަށް އެދޭ ކޮންމެ ވަގުތަކު ރޭގަނޑުވިޔަސް ދުވާލުވިޔަސް އަޅުގަނޑުމެން ތިބޭނީ ތައްޔާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގަ. ދެން އަޅުގަނޑުމެންނާ ފެނަކައާ ދެތެރޭގަ، އެހެން ކުންފުންޏެއް އެއީ އަސްލު ޝާހްސީގޮތުން ޤާނޫނީ ގޮތުން އެހެން ޝަހްސެއް އެއީ، އެހެންވީމަ އެ ކުންފުންޏާ ދެތެރޭ އެހާ ބޮޑަށް އެތެރެއަށް ވަދެ އަޅުގަނޑު ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. 
އެހެންނަމަވެސް އަޅުގަނޑަށް ބޮޑަށް ހީވަނީ ފެނަކައަށް ދިމާވެފައޮތް މައްސަލައަކީ، މިދިޔަ ސަރުކާރުން އެހެރީ އިންޖީނު ގެތައް އަޅަންވެގެން ކޮންޓްރެކްޓް އައުޓް ކޮށްފަ. އޭގެ ނަތީޖާއަކީ ފެނަކައަށް މީހުން ނަގާ ގިނަ އަދަދަށް ކޮންޓްރެކްޓް އައުޓްކޮށް އަދި އެ ކޮންޓްރެކްޓް ބާތިލްވެގެން އެ ކޮންޓްރެކްޓްވެސް ދެތިން ހަތަރު ފަރާތަށް ދީފަ އެއޮތީ! އޭގެ މާނައަކީ ކެޕޭސިޓީ އިންކްރީޒް ކުރާކަށް ކުރި މަސައްކަތެއް އަޅުގަނޑަކަށް ފެންނާކަށް ނެތޭ!
ދެން އޭގެ އިތުރަށް އަޅުގަނޑުމެންނަށް މި ފެނުނު، ކުޅުދުއްފުށްޓަށް މި ކުރި ޒިޔާރަތުގަ އަޅުގަނޑުމެންނަށް ނޯޓިސް ކުރެވުނު އެއްކަމަކީ ގެނެއްސަ ހުރި އިންޖީން ސްޕެއާރޕާރޓްސްތައް ގެނެއްސަހުރީ ފޭކް އެއްޗެހިތައް ގެނެއްސަ ހުރީ. ޖެނުއިން ސްޕެއަރޕާރޓްއެއް ނޫން ގެނެއްސައެހުރީ. ވެދާނެ ފަހަރެއްގެ ޖެނުއިން އަކޫލް ގެނެއްސަ އެހުރީ ޖެނުއިން އެއްޗިއްސެއް ނޫންކަން އަޅުގަނޑުމެންނަށް އިނގޭ. އެއީ ވާގޮތަކީ އެތާންގަ ކުޅުދުއްފުށީގަ އެތިބީ ސްޓެލްކޯގެ އިންޖިނިއަރުން. އެހެން މި ދެންނެވީ ސްޓެލްކޯގެ ދަށުގަ އޮތްތަނެއް ކުޅުދުއްފުށްޓަކީ. އެހެންވީމަ އެތާގަ ދުވަސްވެފަ ތިބި އިންޖިނިއަރުންނަކީ އަޅުގަނޑުމެން ދަންނަ އަޅުގަނޑުމެންނާ އެއްކޮށް މަސެއްކަތް ކުރި އަޅުގަނޑުމެންނާ ވަރަށް ރަޙްމަތްތެރި އިންޖިނިއަރުން. އެތާގަ އެބަތިބި ފަހުން ފެނަކައަށް ވެއްދި މީހުންވެސް. އެހެންމަ އަޅުގަނޑުމެންނަށް އިނގޭ އެމީސްމީހުންނާ އިންޓަވިއު ކޮށްލީމާ ތަން ހިނގާފައޮތީ އެގޮތައްކަން. 
އެހެންމަ އެތަންތާ، އެ ކޭސްގަ މިވާގޮތަކީ އެތަނުގެ އިންޖީން އޯވަރހޯލް ކޮށްލާފަ ދޮޅުމަހެއްހާދުވަސްވަންދެން އަނެއްކާ އެ އޯވަރހޯލް ކުރަން އެބަޖެހޭ. އޭގެ މާނައަކީ އެ އަޅުވާ ސްޕެއާރޕާރޓްސް އަކީ ޖެނުއިން އެއްޗަކަށް ނުވާތީ. ގަޑި ހަމަނުވަނީސް އަނެއްކާ އޯވަރހޯލް ކުރަން ޖެހެނީ. ދެން އަނެއް ކަމަކީ އެތާންގަ އެހެރަ އިންޖީނުތައް އޯވަރހޯލް ކޮށްފަކާ ނެތް ރަނގަޅަކަށް. އޯވަރހޯލް މިކުރަނީ ބްރޭކަޑައުން ވީމަ. 
އަޅުގަނޑުމެން ސްޓެލްކޯގަ އެކަންތައް މި ކުރާގޮތަކީ ޝެޑިއުލް މެއިންޓިނެންސްއެއް އިންނަނީ. ކޮންމެހެން އިންޖީނު ހުއްޓުނީމަކާ އިންޖީނު އޯވަރހޯލް ކުރަނީކީވެސްނޫން. ނުވަތަ ކެޕޭސިޓީ ނެތިގެން އިންޖީނު އޯވަރހޯލް ނުކޮށް ނުވެސް ބަހައްޓާނެ އަޅުގަނޑުމެންނެއް. ކަރަންޓް ކަނޑަން ޖެހުނަސް ކަރަންޓް ކަނޑައިގެން އިންޖީނުތައް އޯވަރހޯލް ކުރުމުގެ ސިޔާސަތު އަޅުގަނޑުމެންގެ މި އޮންނަނީ. އެއީ އެންމެ ރަނގަޅު ގޮތަކީވެސް. ރައްޔިތުންގެ މުދާ ދެއްތޯމީ. ރައްޔިތުންގެ މުދާ ބަލަހައްޓަން ޖެހޭގޮތަކީ އެއީ. އެހެންމަ އެގޮތަށް އަޅުގަނޑުމެން މި ކުރަނީ. އެހެންނަމަވެސް އެތަންތާ އެހެރީ އެހެނެއްނޫން. 
އަނެއް ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެންމެ ބޮޑު ކަމަކީ ކުޅުދުއްފުއްޓަށް ގެނެއްސަހުރި ޓްރާންސްފޯމަރު ބޮޑުކަން. ޓްރާންސްފޯމަރަކީ 4500 ކޭވީ ގެ ޓްރާންސްފޯމަރެއެއް. ސްޓެލްކޯގަ ނެތް 4500 ކޭވީ ގެ ޓްރާންސްފޯމަރެއް. އަޅުގަނޑުމެން އަތުގަ އެންމެ ބޮޑުކޮށް މި ހުރީވެސް 3000 ކޭވީ ގެ ޓްރާންސްފޯމަރެއް. އެހެންމަ ފެނަކައިން ކުދި ރަށްތަކަށް 4500 ކޭބީގެ ޓަރާންސްފޯމާރެއް ހުންނަންޖެހޭ ސަބަބެއް އަޅުގަނޑުމެންނަކަށް ނޭންގުނު އަސްލުގަ. އެހެންނަމަވެސް މިތާ މިހުރީ 1500 ކޭވީގެ ޓްރާންސްފޯމަރާ 3000 ދެމެދުގެ ޓްރާންފޯމަރު. ފެނަކައިގެ ކުޅުދުއްފުށީގަ އެހެރީ 4500 ކޭބީގެ ޓްރާންސްފޯމަރެއް.
އެހެންމަ މުދާ ގަތުމުގަވެސް އެހެރީ ބެލުމެއްނެތި ޓެކްނިކަލީ ބަލަންޖެހޭ ވަރަށް ނުބަލާ ނުވަތަ ޓެކްނިކަލީ ތަންދޮރު ނޭންގޭ ބަޔަކު މުދާގަނެފަ އަޅުގަނޑު ދަންނަވާނީ. ދެން އަނެއް ކަމަކަށް އަޅުގަނޑުމެންނަށް ދިމާވީ އެތާ މުވައްޒަފުންގެ މޯޓިވޭޝަން އިޝޫ. މީގެ ކުރިން ތިބި މުވައްޒަފުންގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުފޯރުވާ ބަޔަކު މީގެ ކުރިން މިދިޔަ ސަރުކާރުގަ ލާފަ ތިބިކަން އަޅުގަނޑަށް ފާހަގަކޮށްލެވުނު. އެހެންމަ އެޔޮތީ ޓެކްނިކަލް ކުންފުންޏެއް އެޔޮތީ ޓެކްނިކަލް ބައެއްގެ މައްޗަށް ނޮންޓެކްނިކަލް ބަޔަކު ލާ އަމުރު ކުރުވަން ފެށީމަ އެތަނަށް އެހާ ނިކަމެތި ގޮތެއްވެގެން މިއުޅެނީ. މީކީ އެއްވެސް ހާލަތެއްގަ މިވަގުތު ފެނަކަ މެނޭޖްމެންޓުން ކޮށްގެން އުޅޭކަމެއް ނޫން. މި ސަރުކާރުން ކޮށްގެން އުޅޭ ކަމެއްވެސް ނޫން. މިކަން ކުރީ ކޮންބައެއްތޯ ބަލަން އަޅުގަނޑުމެން ޖެހޭނީ މިހާރު.
އެހެންމަ އެއީ ފެނަކައިގަ އަޅުގަނޑުމެންނަށް ފާހަގަ ކޮށްލެވޭ ހާލަތަކީ. އެ ހާލަތުން އަރައިގަތުމަށް ފަސޭހައެއް ނުވާނެ ފެނަކައިގެ މެނޭޖްމަންޓަކަށް. އެއީކީ ކުރު މުއްދަތެއްގަ ކުރެވޭނެ ކަމެއްވެސް ނޫން. މީހުންނަށް ދެވެން ޖެހޭ ތަމްރީނެއް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދެވިފަކާ ނެތް. އަޅުގަނޑުމެން ސްޓެލްކޯގަ އެންމެ އަހައްމިއްޔަތުކަމެއް ދެނީ މުވައްޒަފުންނަށް ތަމްރީނު ދިނުން. މުވައްޒަފުންނަށް އޯގާތެރި ކޮށް ހިތުން. އެމީހުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުން. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ