ސިފައިން ބަޑިއާއެކު ލާމުގައި ތަމްރީނެއް ހަދަނީ

މި ތަމްރީން ކުރިއަށް ގެންދާނީ ލ. ގަމުގެ ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ. ތަމްރީން އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ދަންވަރު 11:59 އަށްކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ލ. އަތޮޅުގައި ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދާން އެމްއެންޑީއެފްއިން ނިންމައިފި އެވެ. 
އަސްކަރީ މި ތަމްރީނުތައް އޮންނާނ ީ މި މަހުގެ 27 އިން ފެށިގެނެވެ. އެމްއެންޑީއެފުން ބުނީ އެ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަށް ތަމްރީނުތައް އޮންނާނެ ކަމަށާއި މި ތަމްރީނުގައި ބަޑި ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.  މި ތަމްރީނުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތު ރުކުރާނީ ލ. ގަމުގެ ހަތް ނޯޓިކަލް މޭލު ބޭރުން 4700 މީޓަރ ދުރުމިނަށެވެ. ޖަހާ ވަޒަން ދަތުރު ކުރާނެ އުސް މިނަކީ 200 މީޓަރެވެ.
މި ތަމްރީން ކުރިއަށް ގެންދާނީ ލ. ގަމުގެ ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ. ތަމްރީން އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ދަންވަރު 12:00 އަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ