ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅައިފި، ދެ މަހުން ނިމޭނެ

މި ފެސިލިޓީ އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. އެތަން އަޅަނީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ.
މާލޭ މަގުމަތީގައި ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރަން ނިންމާފައިވާ ޕެޓް ކެއާ ފެސިލިޓީގެ ބިންގާ އަޅައިފި އެވެ. 
މިއަދު އޮތް ރަސްމިއްޔާތު ގައި ބިންގާ އަޅުއްވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.މި ފެސިލިޓީ އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. އެތަން އަޅަނީ 5،000 އަކަފޫޓުގެ ބިމެއްގަ އެވެ. މި ޕްރޮޖެކްޓް ހިންގަނީ އެނިމަލްވެލްފެއާ މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ފެސިލިޓީ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިއިރު މިވަގުތު އަޅަނީ ބުޅާ ފެސިލިޓީއެކެވެ. މިތަން އެއްކޮށް ނިމުމާއެކު އެކިކަހަލަ ޖަނަވާރު ބަހަލައްޓާ ފެސިލިޓީއަކަށް ބަދަލުވެގެން ދާނެ އެވެ.މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ އަމަލީ ގޮތުން ކުރަން ފަށާނީ ތަނުގެ ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް 20 ވަރަކަށް ދުވަސް ތެރޭ ނިމޭނެ ކަމަށެވެ. ހަފްތާއެއް ތެރޭގައި އިމާރާތް އެޅުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް ކުރީން ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ