ހިރިލަންދޫގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އަވަސް ޙައްލެއް ހޯދައިދޭނަން: ރައީސް

ހިރިލަންދޫގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ކޮޅުމަޑުލު ވަންދޫ ފެނަކަ އޮފީސް އިމާރާތުގައެވެ.
މިބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންހިއްކުމުގެ މަޝްރޫޢު ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިހާރު ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުރުމުގެ ސަބަބުން ކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރަމަޟާން މަހަށް ފެނުގެ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި މިހާރު ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރު ބޮޑުކުރުމާއި، ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
ހިރިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެކަނބަލުންގެ ކަންބޮޑުވުންތަކާއި އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. އެގޮތުން ރަށުގެ ޞިއްޙީ ޚިދުމަތް ހީނަރުވެފައިވާކަން އެކަނބަލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ