ފާރިސް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް އަނެއްކާ ވެސް ވާދަކުރައްވަނީ

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ. ފާރިސް އެ ކަން ހާމަކުރެއްވީ އޭނާގެ އެކްސް (ޓްވީޓާ)ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މައި މަރުކަޒުކަމަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފައިވާކަމަށް ފާރިސް ވިދާޅުވިއެވެ. https://x.com/afarismaumoon/status/1713963311040217448?s=46&t=X5Vbf7V2vo1l_fN4r1s3OA އަދި އެ ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނިމޭ 19ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ފާރިސް ވަނީ އެމްއާރުއެމްގެ ތެރެއިން މި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އޭރު ލިބުނު ނާކާމިޔާބާއެކު އޭނާ ސިޔާސީ މައިދާނުގައި ހިމޭންކޮށް ހުންނެވިއެވެ. https://sun.mv/117738 ފާރިސްވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި 2015 ވަނަ އަހަރުން 2019 ވަނަ އަހަރަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކުރަން ކުރައްވާފައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އަމިއްލަ ގޮތުން ފާރިސް ވާދަކުރެއްވިއިރު ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ. އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާކަން ހާމަވާކަމަށް ވިދާޅުވެ، ފާރިސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައެވެ. ފުރަތަމަ ބުރުގައި ފާރިސް ހުށަހެޅުއްވި ގިނަ ސިޔާސަތުތަކަށް އޭރު ރައްޔިތުންގެ ތައުރީފް ވެސް ލިބިފައިވެއެވެ. ފާރިސް ވިދާޅުވީ، ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކަކީ މުޅި ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. ފާރިސްއަށް އަމިއްލަ ގޮތުން ވާދަކުރަން ޖެހިވަޑައިގަތީ އެމްއާރުއެމްގެ މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ