ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް ވަރުގަދަ ދެކަނބަލުން!

ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް ވަރުގަދަ ދެކަނބަލުން ވާދަކުރަން ނިއްމައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ޕްރައިމަރީގައި ތިނަދޫ އުތުރަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައި ވަނީ، ތިނަދޫ ސިޓީ ކައުންސިލުގެ ޕީޕީއެމް މެމްބަރު އައިޝަތު ލިއުޝާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ސޫދާ އަބްދުالله އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފޯރިގަދަވާނެ ކަމަށް ބެލެވިފައިވާއިރު، ބޮޑެތި އާބާދީތަކުގެ ތެރެއިން އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ތިނަދޫ އުތުރު ދާއިރާގެ ޕްރައިމަރީއެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕްރައިމަރީއަށް ލިއުޝާ އާއި ސޫދާގެ އިތުރުން ވާދަކުރައްވަނީ ކުރީގެ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުالله ހިލްމީ އާއި ތިނަދޫ ސްޓޭޑިއަމްގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ އިބްރާހީމް ޝަފްރާޒު އެވެ.
އަންނަ މަޖިލީހުގައި ކަނބަލުންގެ ޝާމިލުވުމާއި ތަމްސީލުވުން ބޮޑުކޮށް، ކެނޑިޑޭޓުންގެ ތެރެއިން ކަނބަލުންނަށް ހާއްސަ އަހައްމިއްޔަތެއް ދެއްވުމަކީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ރައީސް ޑރ.މުއިއްޒުގެ ވަޢުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ