ފަލަސްތީނު އެހާލުގައި އޮއްވާ ހަވާ އަރުވާ އުފާފާޅު ކޮށްގެން ނުވާނެ: އުމަރު

"[އެހާލަތުގައި ފަލަސްތީނުގެ ރައްޔިތުން] ތިއްބާ، އަޅުގަޑުމެން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން،"
ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާ އެ ގަައުމުގެ ރައްޔިތުން ބަަނޑުހައިހޫނު ކަމާ ބިރުވެރި ކަމުގައި ވަނިކޮށް ދިވެހީން ނިކުމެ އާ އަހަރު ފާހަގަ ކުރަން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ފޭސްބުކް ގަައި ކުރެއްވި ޕޯސްޓެއް ގަ އެވެ.އިޒްރޭލުގެ އިންސާނިއްޔަތުކަމެއް ނެތް ހައިވާނުން ދަރަޖާގަައި ތިބި ސިފައިން ގެންދަނީ ފަލަސްތީނުގައި އިންސާނިއްޔަތާއި ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ގެތަކުގައި އާންމުން ވަނިކޮށް މަތީން ބޮން އަަޅާ އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. ބަޑިން ހަމަލާދީ އަންހެނުންނާއި ކުޑަކުދީން ޝަހީދުކޮށް އެ މީހުންގެ ގުނަވަންތައް ބުރިކޮށް ހަދަ އެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިތަކުގެ މައްޗަށް ކުޑަކަމުން ދިއުން ފަދަ މުޑުދާރު އެތައް އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް އާންމު ކުރަމުން ގެންދެ އެވެ.އެކަންކަން ފާހަގަކޮށް އުމަރު ވިދާޅުވީ ފަލަސްތީނުގެ އެތައް ހާސް މުސްލިމުން ތިބީ ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމާއި ކަނުއަނދިރީ ގައި ކަމަށެވެ."[އެހާލަތުގައި ފަލަސްތީނުގެ ރައްޔިތުން] ތިއްބާ، އަޅުގަޑުމެން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން،" އުމަރު ވިދާޅުވި އެވެ.ސަރުކާރުން ވަނީ އާ އަހަރު ފާހަގަ ކުރަން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ނަމުގައި ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ. ކުޑަކުދީންގެ ހަވީރަކާއި މިއުޒިކު ޝޯ އަކާއި ލޭޒާ ޝޯ އެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.ފަލަސްތީނާ ދެކޮޅު ޖަރީމާތައް އިތުރުކޮށްފައިވާ މި ދަނޑިވަޅު ގަައި ރާއްޖޭގައި އާ އަހަރު ފާހަގަކޮށް އުފާފާޅު ކުރުން ކުރިއަށް ނުގެންދަން ވަރަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ