ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓު ބިލާލް ޚާލިދުއަކީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ޝަހީދުކުރަމުންދާ މީހުންނާއި، ތަންތަނަށް ދެމުންގެންދާ ގެއްލުންތައް ފޮޓޯނަގައި އާންމު ކުރަމުންދާ ނޫސްވެރިއެކެވެ.
އެގޮތުން، އޭނާ އާންމުކުރި، ކަފުންކޮށްފައިވާ ތުއްތު ކުއްޖެއްގެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
ހުދުކުލައިގެ ފޮތިކޮޅަކުން ކަފުންކޮށްފައިވާ އެ ތުއްތު ކުއްޖާއަކީ ކާކުކަމާއި، އުމުރު ކަފުނުގެ ބޭރުގައި ލިޔެފައި ވެއެވެ.
ކަފުނުގައި ލިޔެފައިވަނީ
މިހެންނެވެ.
އުދޭ އަބޫ މުހްސިންއަކީ، ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ބޮމާއި މިސައިލުން މުޅި ޣައްޒާއަށް ދެމުންގެންދާ ޓެރަރިސްޓު އުދުވާނީ ހަމަލާތަކުގެ ޝިކާރައަކަށްވި އެތައްހާސް ތުއްތުކުދިންގެ ތެރެއިން އެއް ކުއްޖެކެވެ.
އިސްރާއީލުގެ ޓެރަރިސްޓުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 8،005 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު ތިން ހާހަށްވުރެ ގިނައެވެ.
އުދުވާނީ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ތުއްތު ކުދިންނާއި، ކުޑަކުދިންގެ ތެރޭގައި މުޅި އާއިލާތަކާއެކު ޝަހީދުކޮށްލި ކުދިންނާއި، މައިމީހާގެ ބަނޑުގައި އޮއްވައި މައިމީހާއާއެކު ޝަހީދުކޮށްލި ކުދިންނާއި، ރޭގަނޑު ނިދަން ތިއްބައި ބޮންއަޅައި ޝަހީދުކޮށްލި ކުދިންވެސް ހިމެނެއެވެ. ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ނުނެގި އެތައްސަތޭކަ ތުއްތު އަދި ކުޑަކުދިން އެބަތިބި ކަމަށް އާއިލާތަކުން ބުނެއެވެ.
މިހުރިހާ ކަމެއް މުޅި ދުނިޔެއަށް ހާމަވެ ފެންނަމުންދާއިރުވެސް ޓެރަރިސްޓު އިސްރާއީލުން ބުނަމުން ގެންދަނީ، އެމީހުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައަކީ ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއް ކަމަށެވެ.
އެކަމަކު، މި ހަނގުރާމައިގައި މުޅިންވެސް ބޮންއަޅައި ސުންނާފަތި ކުރަމުންގެންދަނީ އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކެވެ. ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުންވީ މީހުންނާއި، އާންމުންނެވެ.
އުފަންވިތާ އެއްދުވަސް! އަނެއްދުވަހު ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ