އެސްޓީއޯގެ ހުރިހާ ބޭސްފިހާރައެއް މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުވާނެ

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސްފިހާރަތަކުގެ ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް މިއަދުން ފެށިގެން ތިން ދުވަހު އެސްޓީއޯގެ ހުރިހާ ބޭސްފިހާރައެއް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ ބޭސްފިހާރަތަކުގައި ހަރުކޮށްފައިވާ ނޯޓިސްއެއްގައިވާ ގޮތުން، އެ ކުންފުނީގެ ބޭސްފިހާރަތަކުގައި ހުރި އިންވެންޓްރީތައް ގުނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިއަދުން ފެށިގެން ތިން ދުވަހަށް އެ ބޭސްފިހާރަތައް ބަންދުވި ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
އެސްޓީއޯގެ ނޯޓިސްގައި އިތުރަށް ބުނީ، ބޭސްފިހާރަތަކުގެ އިންވެންޓްރީ ގުނުމުގެ މަސައްކަތް ނިމުމުން އެ ބޭސްފިހާރަތަކުގެ ހިދުމަތް ދީ، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމާއިން ކަމަށެވެ.
އެސްޓީއޯ އިން، ރާއްޖޭގައި ބޭސްފިހާރައިގެ ހިދުމަތް ދޭން ފެށީ 1984 ވަނަ އަހަރު އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަ ހިންގާތާ މިހާރު 10 ވަރަކަށް އަހަރުވެފައިވާއިރު އެ ކުންފުނިން ދަނީ މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގެ ރަށްތަކުގައި 196 ބޭސްފިހާރައެއް ހިންގަމުންނެވެ
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފެއްދީ 9 ސެޕްޓެމްބަރު 2025 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ