ނޫސްވެރިންގެ ބައްދަލުވުމަށް 14 ގަނޑިއިރުވީއިރުވެސް، ސީދާ ޖަވާބުތަކެއް ނުލިބޭ އެތައް ސުވާލުތަކެއް ހުރި: އަހުމަދު ދީދީ

ނޫސްވެރިންގެ ބައްދަލުވުމަށް 14 ގަނޑިއިރުވީއިރުވެސް، ސީދާ ޖަވާބުތަކެއް ނުލިބޭ އެތައް ސުވާލުތަކެއް ހުރިކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަހުމަދު ދީދީ ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމަކީ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުންކަމަށް ބުނެ ރިކޯޑެއްކަމަށް ފާހަގަކުރާއިރު، އެހެން ރިކޯޑެއްވެސް އެބައޮތްކަމަށެވެ.
އެގޮތުން ރައީސް އެ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރެއްވީ 500 އެތައް ދުވަހަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިއެވެ.
އަހުމަދު ދީދީ ވިދާޅުވީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ރައީސް ވާހަކަދެއްކެވީ ސަރުކާރުގެ އެ ވާހަކަތައް ދިފާއު ކުރެއްވުމަށްކަމަށެވެ. ރައީސް ވައުދުތަކާއި ހިލާފުވާކަމަށް ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރާކަމަށާއި، އެކަންކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ސީދާ ޖަވާބުތަކެއް ނުދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގާ، މައުލޫމާތު ހާމަކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނަމަވެސް، އެންމެ ބޭސިކް ކަންކަމުގެ ވާހަކަ އެހުމުންވެސް ސީދާ ޖަވާބެއް ނުލިބޭކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ސިޔާސީ މުވައްޒަފުންގެ ވާހަކައެވެ. ނޫސްވެރިންގެ ބައްދަލުވުމަށް 14 ގަނޑިއިރުވީއިރުވެސް، އެއަށް ޖަވާބު ނުދެއްވާކަމަށެވެ.
ފަހުން ޖަވާބު ދެއްވާނެކަމަށް ވިދާޅުވީ ނަމަވެސް، ޖަވާބު ނުލިބޭތާ އެތައް ދުވަހެއް ވެފައިވާތީ، މިހާރު ރައްޔިތުން އެވާހަކަތަކަށް އިތުބާރު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ