ޓިމޯ ލެސްޓޭ އިން ރާއްޖެއާ ކުޅެން އޮތް މެޗު އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭ އިން ރާއްޖެއާ ކުޅެން އޮތް މެޗު އޮސްޓްރޭލިއާގައި

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް ޓިމޯ ލެސްޓޭ (އީސްޓް ޓިމޯ)ގެ ހޯމް މެޗު އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓިމޯ ލެސްޓޭ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާނުކޮށްފި އެވެ.
ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ.
އެ ގޮތުން، އަންނަ މަހު 10 ވަނަ ދުވަހު، ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ. އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ.
ޓިމޯ ލެސްޓޭ އިން ރާއްޖެއާ ދެކޮޅަށް ނުކުންނަ މެޗު، އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގަ އެވެ. ޖުމްލަ އެކު، 10،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ރަގްބީ އަށް ބޭނުންކުރި ދަނޑެއް ނަމަވެސް، ފުޓްބޯޅަ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ. މި މެޗު ވެގެންދާނީ އޮސްޓްރޭލިއާގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށެވެ.
ޓިމޯ ލެސްޓޭ މެޗަށް ރާއްޖޭން ތައްޔާރުވުމުގެ ގޮތުން، އަންނަ މަހުގެ ފަސް ވަނަ ދުވަހު ސިންގަޕޫރުގައި އެ ގައުމާ ދެކޮޅަށް މެޗެއް ކުޅޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ. މީގެ ކުރިން، 2022 ވަނަ އަހަރު ރާއްޖެ އަތުން އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު ވަނީ 3-1 އިން މޮޅުވެފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެ ގޮތުން، މާޗް މަހު ފިލިޕީންސާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 4-1 އިން ބަލިވެފަ އެވެ. ޓިމޯ ލެސްޓޭ ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން ބަލިވީ 1-0 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ