ބިޒްވީކް 2025ގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކް ބޭންކިން ޕާޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ތަފްސީލް - މި މަހުގެ 18 އަދި 19ގައި ބާއްވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކިން އިވެންޓެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭ ހަރަކާތެކެވެ.
އޯކާ މީޑިއާ ގްރޫޕުން ބާއްްވާ މި ހަރަކާތުގައި:
'ސީއީއޯ ސަމިޓް' ވެސް އޮންނާނެ 
މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެއް
ބުނީ ކީކޭ؟ - "ރާއްޖޭގެ ވިޔަފާރި މުޖުތަމައު ބާރުވެރިކުރުވައި އިގްތިސާދީ ތަރައްގީ ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނުހަނު ބޮޑު އިސްކަމެއްދެން،" ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވި އެވެ.
"ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި އާ ގޮތްތައް ހޯދައި ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު މަންސައެއް. މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ހިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސައެއް ވެސްމެ."
ފާހަގަކޮށްލެވޭ - ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އެ ބޭންކުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. އެގޮތުން:
ލޯނުތަކާއި ފައިނޭންސިން ފޯރުކޮށްދޭ 
އެ ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުއާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރުގެ ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދޭ 
ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ހިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިން ނިޒާމެއް ގާއިމްކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ