ޓޫރިޒަމް ކުރިއަރާތީ ބްލެކްސްޓޯނުން 500 މިލިއަން ޑޮލަރަށް އަލުން ޓީއެމްއޭ ގަންނަނީ

ބްލެކްސްޓޯންއިން އަލުން ޓީއެމްއޭ ގަންނަން ނިންމާފައިވަނީ އެ ކުންފުނިން 2017 ވަނަ އަހަރު ވިއްކާލި އަގަށެވެ.
ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުންދާތީ މުސްތަގުބަލްގެ ކުރިއެރުން އަންދާޒާކޮށް، ބްލެކްސްޓޯނުން އަލުން ޓީއެމްއޭ ގަތުމުގެ މަސައްކަތް ފަށައިފި އެވެ. 
ދުނިޔޭގެ ބޮޑެތި މާލީ މުއާމަލާތްކުގެ ހަބަރުތައް ގެނެސްދޭ ސައިޓްތަކުގައިވާ ގޮތުން ދުނިޔޭގެ އެންމެ ބޮޑުއެއް އަމިއްލަ އިކުއިޓީ ފާމް ކަމަށްވާ އެމެރިކާގެ ބްލެކްސްޓޯން އިން މިހާރު ބެއިން ކެޕިޓަލްގެ ކޮންސޯޓިއަމްއެއްގެ އަތުގައި މައި ހިއްސާ އޮތް ޓީއެމްއޭ އަލުން ގަތުމުގެ މަސައްކަތް ބްލެކް ސްޓޯން އިން ވަނީ އަލުން ފަަށާފަ އެވެ. ބްލެކްސްޓޯން އިން އަލުން ޓީއެމްއޭ ގަންނަނީ އެ ކުންފުނިން 2017 ވަނަ އަހަރު ވިއްކާލި އަގުގަ އެވެ. 
އެ ފަހަރު ބްލެކްސްޓޯން އިން ޓީއެމްއޭ ވިއްކާލީ 500 މިލިއަން ޑޮލަރަށެވެ. މި މުއާމަލާތް ވެގެން ގޮސްފައިވަނީ އެ ދުވަސްވަރު ދުނިޔޭގައިވެސް ހިނގި އެންމެ ބޮޑު ޕްރޮޕަޓީ ވިއްކުމުގެ މުއާމަލާތްތަކުގެ ތެރޭގަ އެވެ. 
އެ ފަަހަރުގެ މި އަގުބޮޑު މުއާމަލާތް ކުރި ބެއިން ކެޕިޓަލް އިން ވަނީ ފަހުން ޓީއެމްއޭ ތަރައްގީ ކުރަން 120 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. ނަމަވެސް ކޮވިޑުގެ ދަތިކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި ހީނަރުވެ އެ ވަގުތު ދައްކަން ޖެހުނު ލޯނެއް ނުދެއްކުމުގެ ސަބަބުން މި ލޯނު ދޫކުރި މެރިކާގެ ކާލައިލް ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް، އަދި ޑޭވިޑްސަން ކެމްޕްން ކުންފުނިން މި ކުންފުނީގެ ކޮންޓްރޯލް ނެގި އެވެ. އެ ފަހަރު ދައްކަން ޖެހުނީ 350 މިލިއަން ޑޮލަރުގެ ލޯނެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ