ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި

ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލަރުންނަށް ހުޅުވާލައިފި އެވެ.ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ، އެ ކޯސް ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ.އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން 15 ހަފްތާގެ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފިރިހެން ކައުންސިލަރުންނަށެވެ.ކޯހަށް ހޮވުމުގައި ގުރުއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ފަރިތަ ކަމަށް ބަލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ