އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރައްވާ ޖަލްސާ އަށް ސަލްޓަންޕާކު ހަމަޖައްސައިދީފި އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި ހުއްދައާ ނުލައި އެއްވުންތައް ބޭއްވޭ ތަންތަން ބޭނުންކުރ

އިޒްރޭލާއި އީރާނާއި ދެމެދުގައި ހިނގަމުން އަންނަ ވަރުގަދަ ކުރިމަތިލުންތަކާއެކު މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، އެކަމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަަށައިފިއެވެ.
ޖޫން 13 ވަނަ ދުވަހު އިސްވެ، އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ވަނީ ރައްދު ޙަމަލާތައް ދޭން ފަށާފައެވެ. އަދި، ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކުރަން ފަށާފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު މެދުއިރުމަތީގެ މަސްރަޙު ވަނީ ހޫނުވެފައެވެ. އަދި، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ
ޑޮލަރުގެ އަގު ކަނޑައަޅަނީ މައި ހަ ގައުމެއްގެ ފައިސާ އަށް ބަލައިގެން ކަމަށް ވާއިރު، އޭގެ ތެރޭގައި ސުވިސް ފްރެންކް، ޖަޕާނުގެ ޔެން އަދި އީޔޫ ގައުމުތަކުގައި ބޭނުންކުރާ ޔޫރޯ ހިމެނެއެވެ. މިގޮތުން، އިޒްރޭލާއި އީރާނުގެ ކުރިމަތިލުންތައް ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ހަފުތާގައި ޑޮލަރުގެ އަގު 0.6 ޕަސެންޓުން އުފުލޭނެ ކަމަށް މާހިރުން ވަނީ އަންދާޒާކޮށްފައެވެ.
ޑޮލަރުގެ އަގު އުފުލެމުންދާ އަނެއް ސަބަބަކީ، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ މެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަން ހާމަވުން ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ކުރިއަށް އޮތް ދެ ހަފުތާއެއް ދުވަހުގެ ތެރޭގައި އިރާނަށް ޙަމަލާ ދިނުމާ މެދު ގޮތެއް ނިންމަވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ އެކު، ޑޮލަރުގެ އަގު އުފުލެން ފަށާފައި މި ދަނޑިވަޅުުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ. ނަމަވެސް، މިދިޔަ ހަފުތާއާ އަޅާބަލާއިރު، ތެލުގެ އަގު ދެ ޕަސެންޓު ވެއްޓި، ތެޔޮ ފީފާއެއްގެ އަގު ވަނީ ދުނިޔޭގެ ބަޒަރުގައި 77 ޑޮލަރުގައި ހިފެހެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ