ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި ރޯވެ އަނދައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް ފަޔާ ސާވިސް އިން ބުންޏެވެ.އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާން ރޯވީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގަ އެވެ.އެތަނަށް އެމްއެންޑީއެފުން ދިޔައީ ހެނދުނު 7:41 ހާއިރު އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން ކަމަށް ވެސް ބުންޏެވެ.މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ