އިފޮޕްކާގެ ބޮޑު ބައްދަލުވުމުގައި ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާއިން ބައިވެރިވެއްޖެ

މި ކޮންވެންޝަންގައި މިދާއިރާގެ ޓެކްނޮލޮޖީ އާއި މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ދީ އެކަމުގެ ހައްލު ކިޔައިދީފައިވެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ބޮޑު އެއްވުން ކަމަށްވާ އިންޓަނޭޝަނަލް ފެޑޭރޭޝަން އޮފް އޭޝިއަން އެންޑްވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ކޮންވެންޝަންގައި ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ އިން ބައިވެރިވެއްޖެ އެވެ.
ސިންގަޕޫރުގައި ކުރިއަށް ދާ މި ކޮންވެންޝަންގައި ރާއްޖެ ތަމްސީލް ކުރީ ކުރީގެ މަސީ އަދި މިހާރުގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފަރާތުންނެވެ. ރާއްޖޭގެ ޑެލިގޭޝަންގައި ކުންފުނިތައް ހިމެނޭ ގޮތަށް 18 ބޭފުޅުން ބައިވެވި އެވެ. ކޮންމެ ދެ އަހަރަކުން އެއްފަހަރު އޮންނަ އިފޮޕްކާގެ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން މި ފަހަރުގެ ޗީފް ޑެލިގޭޓް އައިޝާ ނޫރައިން ޖަނާ ރާއްޖޭގެ ކަންޓްރީ ރިޕޯޓް ހުށަހަޅައި މި ކޮންވެންޝަނުގެ ތީމް ކަމުގައިވާ "އެމްބްރޭސިން ކޮންސްޓްރަކްޝަން އޮފް ޓުމޯރޯ" އަށް ވާހަކަ ދެއްކެވި އެވެ.
ސިންގަޕޫރުގައި ހުންނަވާ ނޫރެއިން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތަކާމެދު މަޝްވަރާކޮށް އެކި ގައުމުތަކުން އަމަލު ކުރަމުންދާ ގޮތުގެ ޕްރެޒެންޓޭޝަންތައް ދީފައިވެ އެވެ."ޑިސްކަސް ކުރެވުނު ކިހިނެއް ތޯ މި ދާއިރާއަށް ބޭނުންވާ އެންމެ ރަނގަޅަ މަސައްކަތްތެރިން ހޯދާނީ. އެކަމަށް އަމަލު ކުރެވިދާނެ ގޮތްތައް. މީގެ އިތުރުން އެންމެ ކޮސްޓް އިފެކްޓިވްކޮށް ފެންވަރު ރަނގަޅުކޮށް މަޝްރޫއުތައް ކުރިއަށް ގެންވިދާނެ ގޮތްތައް. އަދި މި ކޮންވެންޝަންގައި ކުރިއަށްދޭ އެގްޒިބިޝަންއެއް ވެސް. މި އެގްޒިބިޝަންގައި މި ދާއިރާގެ ޓެކްނޮލޮޖީވެސް ދައްކާލަން ބަހައްޓާފައިވޭ،" ނޫރެއިން ވިދާޅުވި އެވެ.
އިއްޔެ ބޭއްވުނު ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ކޮންވެންޝަން ހުޅުވައި ދެއްވީ ސިންގަޕޫރުގެމިނިސްޓަރ ފޯ ނެޝަނަލް ޑިވެލޮޕްމެންޓް އެންޑް މިނިސްޓަރު އިން ޗާޖް އޮފް ސޯޝަލް ސާވިސެސް އިންޓެގްރޭޝަންޑެސްމަން ލީ އެވެ. އަދި ރޭ ބޭއްވުނު ވެލްކަމް ޑިނާގައި ސިންގަޕޫރުގެ ކޮންސްޓްރަކްޝަން ޑިވެލޮޕްމެންޓް އޮރޯރިޓީގެޗެއާމަން ޕްރޮފެސަރު ޓަން ތިއަމް ސޫން ބައިވެރިވެ ވާހަކަ ދެއްކެވި އެވެ. ރަސްމީ ޑިނަރގެ ހަވާސާގައި މަސީގެ ރައީސް އަދި އިފޮޕްކާގެ ކުރީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙު ޕްރޮފެސަރާ ބައްދަލު ކުރައްވައ،ި ކޮންސްޓްރަކްޝަން ޗެލެންޖެސް އަދި ރާއްޖޭގެ ކުރިމަގުގެ ކޮންސްޓްރަކްޝަނާމެދު ވާހަކަ ދެއްކެވި އެވެ، މިކޮންވެންޝަން ނިމޭނީ މާދަމާ ބާއްވާ ކޮންވެންޝަންގެ ދެވަނަ ޖެނަރަލް އެސެމްބްލީ އަށް ފަހުގައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ