މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާ ހަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޭގެ ދެދުވަސް ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ 20:00 ހާއިރު ކަމަށް އެ ހިދުމަތުން ބުންޏެވެ.
މާލެ އިން އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން އިއުލާނު ކޮށްފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާތިމަތު ޝަހުދާ (31އ) ކަމަށެވެ.ފުލުހުން ކުރި އިއުލާނެއްގައި ބުނީ ޝަހުދާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާ ހަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އޭގެ ދެދުވަސް ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ 20:00 ހާއިރު ކަމަށް އެ ހިދުމަތުން ބުންޏެވެ.ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުން ކަމަށާއި އެއިރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. "ފާތިމަތު ޝަހުދާއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުން ކުރި އިއުލާނުގައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ