ބަޖެޓު ރިޕޯޓު ދިރާސާ ކުރިކަމަކަށް ގަބޫލެއް ނުކުރެވޭ ފައިސާ ޖަހާފައި ހުރި ޖަންބޯ ބޭގުގައި: ބޮންޑޭ

ބަޖެޓު ރިޕޯޓު ދިރާސާ ކުރިކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށާޢި ފައިސާ ޖަހާފައި ހުރި ޖަންބޯ ބޭގުގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ބޮންޑޭ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ މުޅި ބަޖެޓުގައާއި ބަޖެޓު ރިޕޯޓުގައި ވެސް އެތައް ބައިވަރު މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ބަޖެޓު ކޮމިޓީން އެއްވެސް ވަރަކަށް ދިރާސާ ވެސް ކުރައްވާފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ބަޖެޓުގައި ނުޖަހާ މަސައްކަތް ކުރުވާފައިވާ ކަމަށާއި މުޅި ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ ކުދިކުދި ކުންފުނިތައް ދަރުވާލާފައިވާ ކަމަށެވެ. އަދި އެފަދަ މަސައްކަތްތައް ކުރުވާފައިވަނީ ބަޖެޓުގައި ނުޖަހާ މަކަރާއި ހީލަތުން ކަމަށެވެ.
ބޮންޑޭ ވިދާޅުވީ މިކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށާއި ސާފުނުކޮށްދެނީސް މިތަނުން ބަޖެޓް ފާސްކޮށްގެން ވެސް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ