24 އަހަރަށް ފަހު އުނގޫފާރު އިންޖީނުގެ ފެނަކައަށް

ރ. އުނގޫފާރުގެ ރައްޔިތުން 24 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ހަވާލުކޮށްފިއެވެ.
ފެނަކައިން ބުނީމ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ކުރިއަށް ދަނީ އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވެސް ފެނަކައިން ބުނެއެވެ.
އިންޖީނުގެ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އަދި މިނިސްޓާ އޮފް އެންވާރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ