ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޑް މޫސާ އަލީ ޖަލީލަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި  ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރާ ކަމަށް މާލޭގެ މޭޔަރުކަން ފުރަތަމަ ކުރި ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ  މިހެން ވިދާޅުވެފައި ވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަމުންނެވެ. އާދަމް މަނިކުގެ  ވާހަކައިގައި އޭނާއަކީ މާލެ މީހެއްކަމުން ލޯބި އޮންނަނީ މާލެއަށްކަން ފާހަގަކޮށް ވިދާޅުވެފައި ވަނީ މިފަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ސަރުކާރުގެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރާ ކަމަށެވެ.
މާލޭގައި އޭރުގައި ހުރި ކަންތައްތަކާއި މިހާރު ހުރި ކަންތަކާއި މާބޮޑު ތަފާތެއް ނެތްކަން ފާހަގަކޮށް އާދަމް މަނިކު ވިދާޅުވީ ކުރިންވެސް މާލެއަށް އޮތީ އަޅާނުލެވިކަމަށާއި، އިންތިހާބުތަކުގައި ފެންނަނީ އޭރުގައި އޮންނަ ސަރުކާރަކާއި ދެކޮޅު ޕާޓީއަކުން ކައުންސިލާއި މޭޔަރު ހޮވާ މަންޒަރު ކަމަށެވެ. އަދި އޭގެ ނަތީޖާއަކަށްވަނީ މާލެ ތަރައްގީކުރުމުގެ ބަދަލުގައި އެ ދެބައި މީހުން ތެޅުން ކަމަށާއި އާދަމް މަނިކު މާލެއަށް އޭގެ ސަބަބުން މާލެއަށް އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.
މާލެއަށް ހުރި އެންމެ ބޮޑު މައްސަލަައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭރުވެސް ކުރަމުންދަނީ އެ މައްސަލަ ހައްލުކުރުމަށް ކަމަށާއި ނަމަވެސް މާލެއަކީ ކޮންސްޓްރަކްޝަން ސައިޓެއްކަމަށެވެ. މާލޭގައި ދުވާއެއްޗިހީގެ މައްސަލަ ބޮޑުވެ މަގުމަތީގައި އަމާންކަމާއި އެކު ހިނގާނުލެވޭ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
އަދި ރައީސް މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވީ ބޮޑު އެޖެންޑާއަކާއިއެކުގައި ކަމަށާއި، ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން އެ ޕްރޮގްރާމް ހުއްޓިފައިވާ ކަމަށް އާދަމް މަނިކު ފާހަގަކުރެއްވިއެވެ.
އަދި އޭނާ މޫސާ ޖަލީލަށް އެންމެ ބޮޑަށް ތާއީދުކުރަނީ ރައީސް މުއިއްޒު ކުރިޔަށް ގެންދިއަ ޕްރޮގްރާމްތައް އޭނާ ކުރިއަށް ގެންދަވާނެތީ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އަދި ސަރުކާރާއި ގުޅިފައިވާ މޭޔަރަކަށް ނޫނީ މާލެއަށް ތަރައްގީ ނުގެނެސްދެވޭނެ ކަމަށާއި އެ ފުރުސަތު އޮތީ މޫސާ ޖަލީލަށްކަން ފާހަގަކުރައްވައި، އަދަމް މަނިކު ވިދާޅުވީ މޫސާ ޖަލީލަށް ދޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ