މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އާއި މާލިއްުޔަތު ކޮމިޓީން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަކިކޮށް، އެންވަޔަރަމަންޓް ކޮމިޓީއަށް ލައިފި އެވެ.
ވީ ކިހިނެއް؟ - މި ބަދަލު އިއްޔެ ގެނެސް ގެނެސްފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި މަޖިލީހުގެ ވެބްސައިޓުގައި ވެސް މި ބަދަލު މިހާރު ވަނީ ހިމަނާފަ އެވެ.
ތަފްސީލު - ކޮމިޓީތަކަށް އައްޔަންކޮށްފައިވާ މެންބަރުން ބަދަލު ކުރަނީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން މަޖިލީހަށް އެންގުމުންނެވެ. އަދި އެ ގޮތަށް ގެންނަ ބަދަލެއް ރިޔާސަތުން މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރަން ޖެހެ އެވެ.
މިދިޔަ ދެ ދުވަހު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނާޒިމް އެވެ. މި ބަދަލު ގެނައިކަން އޭނާ އިއުލާންކުރައްވާފައެއް ނުވެ އެވެ.
ރިޔާސަތުން މިކަން އިއުލާން ނުކުރި ނަމަވެސް، އިއްޔެ މި ބަދަލު ގެނެސްފައިވާކަން މަޖިލީހުގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދީފައިވެ އެވެ. އެގޮތުން:
ނާޒިމް އެ ދެ ކޮމިޓީން ވަކިކޮށް، އައްޔަންކޮށްފައި ވަނީ އެންވަޔަރަމަންޓް ކޮމިޓީއަށް
ދެން ނާޒިމް އިންނަވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީގައި
ނާޒިމްގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ، ފުވަމުއްލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
މިފަދަ ކުއްލި ބަދަލެއް ގެނައީ ކީއްވެގެންކަމެއް އަދި ނޭނގެ އެވެ.
މި މަހު 4 ވަނަ ދުވަހު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ސަރުކާރަށާއި ޕީއެންސީއަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. މިއީ އެގޮތުގެ މަތިން ގެނައި ބަދަލެއް ކަމެއް ކަށަވަރެއް ނޫނެވެ. މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ކޮމެންޓެއް ނުލިބެ އެވެ.
މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން ނާޒިމް ނާޒިމް ވަކިކޮށްފައިވާއިރު، އޭނާ މެންބަރުކަން ކުރައްވާ ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ގިނަ ރަށްތަކުން ޕީއެންސީ ވަނީ ބަލިފަ އެވެ.
ބާރުގަދަ 2 ކޮމިޓީއަކުން ނާޒިމް ވަކިކޮށް، އެންވަޔަރަމަންޓް ކޮމިޓީއަށް ލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ