ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކައަށް

މި އަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައި ފަތުރުވެރިންގެ ފަސް ލައްކައަށް އަރައިފިއެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފަތުރުވެރިން ދަނީ ރިސޯޓުތަކަށެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކަށް 506,606 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 69.3 އިންސައްތައެވެ.
ރިސޯޓުތަކަށްފަހު ދެން އެންމެ ގިނަ ފަތުރުވެރިން ދަނީ ގެސްޓު ހައުސްތަކަށެވެ. މި މުއްދަތުގައި 186,904 ގެސްޓުހައުސްތަކަށް ގޮސްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 25.6 އިންސައްތައެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމުލަ 745,706 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,841 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,304 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 180 ރިސޯޓާއި 936 ގެސްޓްހައުސްގެ އިތުރުން 172 ސަފާރީ އާއި 16 ހޮޓާ ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 67,835 އެނދު އޮޕަރޭޓްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ