އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން މިރޭގެ އިހުތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
މިރޭގެ އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެކަން ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުން ތިބޭ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ހާމަކުރައްވާފަ އެވެ.
މިއީ އަލުން އެމްޑީޕީއާ ގުޅި ވަޑައިގަތުުމަށް ފަހު އެ ޕާޓީން ބާއްވާ އިހުތިޖާޖަކުން ނަޝީދު ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
މިރޭގެ އިހުތިޖާޖުގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވާއިރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ނަޝީދު ވަނީ ނިންމަވާފަ އެވެ.
ސަރުކާރަށް 12 ޑިމާންޑެއްކޮށް އެމްޑީޕީން އަންނަނީ ސިލްސިލާ ގޮތެއްގައި ކޮންމެ ރެޔަކު އިހުތިޖާޖުތައް ބާއްވަމުންނެވެ.
އިހުތިޖާޖުގައި ނަޝީދު މިރޭ ބައިވެރިވެވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ