މާލޭގައި އެމްއައިބީގެ އާ އޭޓީއެމްއެއް ހުޅުވައިފި
އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 24 ގަޑިއިރު ހިދުމަތް ލިބޭ އާ އޭޓީއެމްއެއް ހުޅުވައިފި އެވެ.އެ އޭޓީއެމް ހުޅުއްވައި ދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ރިޒާ އެވެ.އެމްއައިބީ އިން ބުނީ މިއީ މާލޭގައި ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ބޭންކުގެ ބޭންކިންގެ ހިދުމަތްތަށް ހޯދުމަށް އިތުރަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދީ، ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ހުޅުވި އޭޓީއެމްއެއް ކަމަށެވެ. މި އޭޓީއެމްގެ ސަބަބުން، ބޮޑެތި އޮފީސް ބްލޮކްތަކުން ވަށާލެވިފައިވާ އެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކީ އެމްއައިބީގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.އަދި މި ސަރަޙައްދަކީ ޖެޓީއާ ކައިރި ސަރަޙައްދަކަށްވުމުން ފަތުރުވެރިންނަށް ވެސް މި ޚިދުމަތްތައް ފަސޭހައިން ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ