ރައީސްގެ މަރުހަބާ ގައުމީ ފުޓްސަލް ޓީމަށް: "ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް"

ސަރަހައްދީ ފުޓްބޯޅައިގެ މައި އިދާރާ، ސާފް އިން ބޭއްވި ފުރަތަމަ ސަރަހައްދީ ފުޓްސަލް މުބާރާތުގެ ރަށް މެޑަލް ރާއްޖެއިން ޔަގީންކުރުމާއި ގުޅިގެން އެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަންގައި ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގު ބުރުގައި ބާކީ އެއްމެޗު އޮއްވައި ދިވެހިރާއްޖެ އިން މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ހަވީރު އެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއްކަން ފާހަގަކުރައްވައި ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމުގައި ސިފަކުރައްވާފައި އެވެ.
" މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް. " ރައީސް ވިދާޅުވިއެވެ.
ރައީސް ގެ ޕޯސްޓުގައި ވަނީ ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ