ތިން ރަށެއްގެ އެއާޕޯޓުން އޮގަސްޓުމަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ މަގުބޫލު ލިޔުންތައް ޕަވާ އަވާ ސްޓޫޑިއޯގެ ބޮޑު ޗެލެންޖު: ބަރުދަން ލުއިކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު! އައްޑޫގެ މޭޔަރުކަމުގެ، ޝައުގުވެރިކަން ފާޅުކޮށް އީނާ ބުނީ ޒިންމާ އަދާކުރު

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި ށ. ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ދަތުރުތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާ އެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. ރޭގަނޑު ވަގުތުތަކުގައި ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ވަރަށް މުހިންމު އަމާޒެއް ހާސިލުވުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ބަދަލާ އެކު، ރަށްރަށުން ސިއްހީ ކުއްލި ފަރުވާއަށް މީހުން އުފުލުމުގައި މީގެ ކުރިން ދިމާވަމުން އައި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ ކުރިން ބައެއް އެއާޕޯޓުތަކުގައި ރޭގަނޑު ފްލައިޓު ނުޖެއްސޭތީ، ބަލި މީހުން އުފުލުމަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެ ކަންކަމަށް ހައްލު ލިބި، ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ