އުމްރާގެ އަޅުކަަމުގައި އުޅުނު ދިވެއްސަކު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ

އަލް މަނާސިކް ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ރޭ އަޅުކަމުގައި އުޅެނިކޮށް މަރުވެއްޖެ އެވެ.މ. ސައްކެޔޮމާގޭ އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒު ނިޔާވީ އަލްމަނާސިކް ގުރޫޕުން ބުނި ގޮތުގައި ދެވަނަ އުމްރާގެ އަޅުކަމުގެ ތެރޭގައި މަސްޖިދުލް ހަަރަމްގައި އުޅެނިކޮށް ރޭގެ 7:35 ގަ އެވެ."ޑޮކްޓަރުން ބަލާފައި ބުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ނިޔާވީ. ހިތުގެ މައްސަލައެއް އުޅޭތީ ޕޭސްމޭކާ ވެސް ލައްވާފައި ހުރީ،" އަލްމަނާސިކް ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.އިމްތިޔާޒު އުމްރާގެ އަޅުކަމަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ