ދައުލަތަށް ލިބުނު އާމްދަނީ 13 ބިލިއަނަށް

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 13.5 ބިލިއަން ރުފިޔާ ލިބުނެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 12.1 ބިލިއަން ރުފިޔާ އެވެ.
ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ 80 ޕަސެންޓަކީ ޓެކްސް އާމްދަނީ އެވެ.
އެ ގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބުނެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 91.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ