ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނުކުންނަވައިގެން އުޅުއްވަނީ ޕްރެޝަރު ކުރާނެކަން އެނގިހުރެ ކަމަށް އެމަނިކުފާނުގެ ސްޕެޝިއަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް އޮތް ގޮތަކީ ފަހަތަށް ޖެހިވަޑައިގެން ރިޔާސީ އިންތިހާބުގައި ސަރުކާރާ އެކީގައި ދެމިހުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެފައިވާތީ ގާސިމްއާ ނުލައި ރައީސް ސާލިހަށް ވެރިކަން ގެއްލެނީކަން ޔަގީންވީމައި އެބާވަތުގެ ވާހަކަތައް ދައްކަވާނެ ކަމަށް ނަވާޒު ވިދާޅުވިއެވެ. އަދި މިފަދަ ވާހަކަ ދެއްކުމަށްވުރެ ރާއީވެސް ގާސިމް ފަހަތްޕުޅަށް އެރުންމާ ބުއްދިވެރިވާނެ ކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ޖުމްހުރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ރައީސް ސާލިހް ނިސްބަތްވާ އެމްޑީޕީ ފެކްޝަނުގެ ބޭފުޅުން އަންނަނީ ޕާޓީއަށާއި ޕާޓީގެ ވަޒީރުން އަދި ޕާޓީގެ ލީޑަރަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ.
މީގެ ތެރެއިންވެސް ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އެންމެ ފޯރީގައި ދައްކަވާ އެއް ވާހަކަފުޅަކީ ޖުމްހޫރީ ޕާޓީގެ "ބޮޑު" ނިންމުމާއިއެކު އެ ޕާޓީ ސަރުކާރު ކޯލިޝަނުން މިހާރުވަނީ ވަކިވެފައިކަމެވެ. އެހެންކަމުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޕާޓީގެ މެންބަރުންނާއި ވަޒީރުން އަމިއްލަޔަށް އިސްތިއުފާ ދިނުމަށްވެސް އެބޭފުޅުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އަދި ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިހާރު ޕާޓީން ވަކިވެފައިވާއިރު މިގޮތައް މިކަންވަނީ ސިިޔާސީ ނުފޫޒެއްގެ ސަބަބުންކަމަށް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެއެވެ.
މީގެ ކުރިންވެސް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ވަޒީރުންނާއި އިސްބޭފުޅުންނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަށްވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ގާސިމް ރިޔާސީ ރޭހަށް ނުކުތީ ޕްރެޝަރު ކުރާނެކަން އެނގިހުރެ: ނަވާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ