މުއިއްޒުއަށް މަރުހަބާ ކިޔަން ފަނޑިޔާރުން ނުކުތުން ހުއްދަކޮށްފި މުއިއްޒުއަށް މަރުހަބާ ކިޔަން ފަނޑިޔާރުން ނުކުތުން ހުއްދަކޮށްފި

ރައީސް މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ފަނޑިޔާރުން ބަނދަރު މައްޗަށް ނުކުމެ އެމަނިކުފާނަށް މަރުހަބާ ކިޔުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުއްދަކޮށްފި އެވެ.
މުއިއްޒު ވަނީ މިފަހުން ބ. އަތޮޅާއި އއ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ. އެ ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި އޭޓީއެމް ހުޅުވުމާއި ސަރުކާރުގެ ކުންފުނިތަކާއެކު އެކި ކަހަލަ އެއްބަސްވުންތައް ހެދުމެވެ.
މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރު މަރުހަބާ ދަންނަވާ މީހުން ގިނަ ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ފަނޑިޔާރުން ބަނދަރު މައްޗަށް ނުކުމެ މުއިއްޒަށް މަރުހަބާ ކިޔުމަކީ މައްސަލައެއް ނޫން ކަމަށް ކޮމިޝަނުން ނިންމީ އެންމެ ފަހުން ހދ. އަށް ކުރެއްވި ދަތުރުގައި ބައެއް ރަށްރަށުން ވަރަށް ފިނި މަރުހަބާއެއް ލިބިފައި ވަނިކޮށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނުން ނިންމީ ފަނޑިޔާރުންނާއި ކޯޓުގެ އެހެން މުވައްޒަފުންނަށް ވެސް މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެވޭނެ ކަމަށެވެ. އަދި ނިންމީ، އެފަދަ ކަންކަމަށް ދާއިރު ފަނޑިޔާރުން ސުލޫކު ހިފަހައްޓަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރުން ނުކުމެ މުއިއްޒަށް މަރުހަބާ ކިޔުން ހުއްދަ ކުރިއިރު، ފަނޑިޔާރުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ގާނޫނާއި ގަވާއިދުތަކުން މަނާ ކަމެކެވެ.
މުއިއްޒު ހދ. ކުޅުދުއްފުއްޓަށް އިއްޔެ ވަޑައިގަތުމުން އެ ރަށުގައި ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކޮށްފައި ހުރި ބެނާއެއް ވަނީ ދަމައިފަ އެވެ. ކުޅުދުއްފުށީގެ އާބާދީއާ އަޅާބަލާއިރު މުއިއްޒަށް މަރުހަބާ ކިޔަން ނުކުތީ ވަރަށް މަދު ބަޔެކެވެ.
ކުޅުދުއްފުށީގައި މުއިއްޒު ބޭއްވި ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ ފޭސް ތިނެއް އިފުތިތާހު ކުރިއިރު، އެ މަޝްރޫއުގެ ފޭސް ދޭއް ހުއްޓިފައިވާތީ އެކަން ވެސް މޭޔަރު ފާހަގަ ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ