އުތީމު ގަނޑުވަރާއި ތާރީޚުގެ ފިލާވަޅުން ސަފީރުންނަށް ފެނުނީ ރާއްޖޭގެ ނަސީބުގަދަކަން

ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާއަށް ފަހު، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭރު ގައުމުތަކުގެ ސަފީރުންނަށް އުތީމު ގަނޑުވަރާއި ތާރީޚު ކިޔައިދެއްވުމުން ރާއްޖައަކީ ގައުމެއް ކަމަށް ބުނެފިއެވެ. ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތް އިންތިޒާމުކުރީ ސަފީރުންގެ އެދިވަޑައިގަތުމަކަށް ކަމަށާއި، މި ހަރަކާތާ މެދު ސަފީރުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓްރީން ބުނީ، އިއްޔެ ބޭއްވި މި ހަރަކާތުގައި ޕާކިސްތާނާއި ޗައިނާއާއި ޖަޕާނާއި ބަންގްލަދޭޝާއި، އޮސްޓްރޭލިއާއާއި، އިންޑިއާއާއި، އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެން ކަމަށެވެ. މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ސަފީރުންނަށާއި މަންދޫބުންނަށް ގަނޑުވަރު ދައްކާލުމުގެ ހަރަކާތް ފެށީ އުތީމު މަހާރަދުން ފޭރާންކުރައްވާން ޖެއްސެވި ކަޑައިން ރޯވެ ހެދިފައިވާ 500 އަހަރުވީ ކާނިގަސް ކައިރިންނެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގައި މީހުން ވަޒަންވެރިވުމާއި، ދައުލަތެއް އުފެދުމުގެ ތާރީޚުން ފެށިގެން އުތީމު މަހާރަދުންގެ ހާދިސާއާ ހަމައަށް ރާއްޖެ ތަޖުރިބާކުރި މައިގަނޑު އެކި ހާލަތްތަކާއި އިގުތިސާދީ އަދި އިސްތިއުމާރީ ކަންކަން ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ސަފީރުންނާއެކު މިނިސްޓަރު އާދަމް ނަސީރު --- ހަމަ އެއާއެކު ސަފީރުން އުތީމު ގަނޑުވަރުގެ އެތެރޭގެ ބައިތައް ބައްލަވާލެއްވި ކަމަށާއި، އަދި ގަނޑުވަރުގެ އެތެރެ ގޭތެރޭގައި ތިބޭއިރު، އުތުރުފަރާތުން ބޭރުގައި ހިނގާ ކަންކަން އެތެރޭ ފަރުދާކޮޅުން ކުލަ ވީޑިއޯއެއް ގޮތަށް ފެންނަ ފެނުން އެ ބޭފުޅުން ޝައުޤުވެރިކަމާ އެކު ތަޖުރިބާކުރެއްވި ކަމުގައި ވެސް ބުންޏެވެ. ދިވެހިބަހުގެ ވުޒާރާއިން ބުނީ، އުތީމު ގަނޑުވަރުގެ ދަތުރަށް ފަހު، ރާއްޖެއަކީ ނަސީބުވެރި ގައުމެއް ކަމަށާއި އަދި ރާއްޖެއަށް ވަރަށް ޝައުގުވެރި މުހިންމު ތާރީޚެއް ލިބިފައިވާ ކަމަށް ސަފީރުން ވިދާޅުވި ކަމަށެވެ. އެހެންވެ، ދިވެހި ތާރީޚު ގިނަ ބަޔަކަށް އެނގޭނެ ފަދަ އުފެއްދުންތަކެއް އުފައްދައި އާންމުކުރުން ބޭނުންތެރިކަމަށް ސަފީރުން ވިދާޅުވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. https://sun.mv/210356 ފާހަގަކުރެވޭ ގޮތުގައި އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި، އެ ރަށު ރައްޔިތުން އަދާކުރި ދައުރާއި، އެ ކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި، އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު އެ ރަށު ރައްޔިތުންނަށް އިއްޔެ އަރުވާފައިވެއެވެ. ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ ބާރުގެ ދަށުގައި 15 ވަރަކަށް އަހަރު ދިވެހީން އުޅުމަށް ފަހު، ރާއްޖެއަށް މިނިވަންކަން ލިބުމާއި، އެ މިނިވަންކަން ހޯދައިދެއްވުމުގައި އިސްކޮށް ހުންނެވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު)ގެ ހަނދާނުގައެވެ. އުތީމު ގަނޑުވަރަކީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ