ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޕީއެސްޖީ އާއި ޗެލްސީ ބައްދަލުކުރާ ފޯރިގަދަ މެޗު މީޑިއާނެޓުގެ އައިސް ސްޕޯޓްސް ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ލައިވްކޮށް ޓީވީ އަދި މީޑިއާނެޓުގެ ފޯނު އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބެލޭނެ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، ޕީއެސްޖީން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަމުން އަންނައިރު، އެ ޓީމާ ދެކޮޅަށް މިރޭ ރާއްޖެ ގަޑިން 00:00 ގައި ކުޅޭ ފައިނަލުގައި ނުކުންނަ ޗެލްސީން ވަނީ، މި ފަހަރުގެ ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ކުރިން ކުޅެމުން އައި އެކި، ބައްރުތަކުގެ ޗެމްޕިއަނުން ކުޅޭ ކޮންފެޑަރޭޝަން ކަޕްގެ ބަދަލުގައި، ފީފާ އިން މި އަހަރު މުޅިން އަލަށް (ހަތަރު އަހަރުން އެއް އަހަރު ކުޅޭ ގޮތަށް) ފެށި ކްލަބް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ޗެލްސީން ފައިނަލާ ހަމައަށް ކުރި ދަތުރުގައި ގްރޫޕް ސްޓޭޖުގައި ފްލަމެންގޯ އަތުން ބަލިވި އެވެ. އަނެއްކޮޅުން، ޕީއެސްޖީން ވަނީ ބޮޓަފޯގޯ އަތްދަށުވެފަ އެވެ.
ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް ކުރިއަށްދާ މި ތާރީހީ މުބާރާތުގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަނީ ލައިވްކޮށް ދައްކައިފަ އެވެ. އަދި މެޗުތަކުގެ ކުރިން ޕްރީ ޝޯ ވެސް ވަނީ ގެނެސްދީ، ސަޕޯޓަރުންނަށް ބޭނުންތެރި މައުލޫމާތު ފޯރުކޮށްދީފަ އެވެ.
ކްލަބް ވޯލްޑް ކަޕްގެ ސްޓްރީމިން ރައިޓްސް، ދުނިޔޭގެ ވަރުގަދަ ޑިޖިޓަލް ޕްލެޓްފޯމް، ޑެޒްން ސްޕޯޓްސް އިން އެއް ބިލިއަން ޑޮލަރަށް ގަނެފައިވާ ކްލަބް ވޯލްޑް ކަޕްގެ މެޗުތައް ރާއްޖެ ގަޑިއަށް ބަލާއިރު ކުޅެފައިވަނީ، އާންމުކޮށް ދިވެހިން މެޗު ބަލާ ވަގުތުތަކުގައި ނޫން ކަމުގައި ވިޔަސް، މީޑިއާނެޓުން ވަނީ، ފުޓްބޯޅަ ސަޕޯޓަރުންނަށް އެ ވަގުތުތަކުގައި ވެސް ފުރިހަމަ ކަވަރޭޖަކުން މެޗުތައް ވަގުތުން ދައްކައިދީފަ އެވެ.
މީޑިއާނެޓުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓުތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީހީ ފައިނަލް މެޗު މީޑިއާނެޓުން ދައްކާނެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީހީ ފައިނަލް މެޗު މީޑިއާނެޓުން ދައްކާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ