ކަރަންޓު ބިލު ބޮޑު ގެތަކަށް ގޮސް ދިރާސާ ކުރުމަށް ސްޓެލްކޯއިން ނިންމައިފި

މާލެ ސަރަހައްދުގައި ކަރަންޓު ބިލު ބޮޑު ގެތަކަށް ސްޓެލްކޯގެ ޓީމުތައް ފޮނުވައިގެން ބިލު ބޮޑުވާ ސަބަބު ދެނެގަތުމުގެ ދިރާސީ މަސައްކަތް ފެށުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.
ސްޓެލްކޯއިން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ކަރަންޓް ބިލުތައް ބޮޑުވާ ސަބަބު ކަސްޓަމަރުންގެ އިތުރުން ސްޓެލްކޯއާއި ރައްޔިތުންނަށް ވެސް އެނގެންޖެހޭ ކަމުގައެވެ.
އެނާޖީ އޮޑިޓެއް ކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި އެހެން ނަމަވެސް އެހެން ފަހަރުތަކާއި ހިލާފަށް މިމަހު ސްޓެލްކޯއަށް ލިބިފައިވާ ޝަކުވާ މަދު ކަމުގައެވެ.
ފާއިތުވެ ދިޔަ ދެ ތިން މަހު ވެސް ކަރަންޓު ބިލު ބޮޑުވެ، އާންމުންގެ ޝަކުވާތަކަށް ސްޓެލްކޯއިން ދަނީ ކެނޑިނޭޅި ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ