ހާލުކޮޅު ރަނގަޅުވެ، ގާސިމް، ހޮސްޕިޓަލުން ދޫކޮށްލައިފި
މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެއްވުމަށް ފަހު، މިއަދު ގެކޮޅަށް ދޫކޮށްލައިފިއެވެ. އުމުރުން 74 އަހަރުގެ ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. އެ މަނިކުފާނު އައިޖީއެމްއެޗަށް ގެންދެވީ ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް އުނދަގޫތަކެއް ވެވަޑައިގެންނެވުމާ ގުޅިގެންނެވެ. ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވީ، ފަރުވާއަށް ފަހު މިއަދު އެ މަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެެވެ. ދިމާވި ސިއްހީ ހާލަތާ ގުޅޭ ތަފުސީލު ނޫހުގައި ހާމަކުރާކަށް އާއިލާއިން ބޭނުމެއް ނޫނެވެ. އުމުރުން 74 އަހަރުވި ނަމަވެސް ގާސިމަކީ އަދިވެސް އަމިއްލަފުޅު ވިޔަފާރިއާއި ސިޔާސީ މަސައްކަތުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އެކި ރޮނގުތަކުން ގައުމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން, ގާސިމަށް މިދިޔަ ޖުލައި މަހު ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ) ވެސް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ