އުރީދޫ ފަން ރަން ހަރަކާތްތައް ބުރާސްފަތި ދުވަހު ކުޑަކުދިންގެ ހަވީރަކާއެކު ފަށަނީ
އަންނަ ހުކުރު ދުވަހު ބާއްވާ އުރީދޫ ފަން ރަންގެ ފޯރި އިތުރު ކުރުމަށް ބާއްވާ ހަރަކާތްތައް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އުރީދޫން ބުނެފި އެވެ.މި ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓެއް ކަމަށާއި މި ހަރަކާތް ކުރިއަށްދާނީ މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫ އިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ.މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމެނިފައިވާއިރު ފްރީ ފްލައިން އެސޯސިއޭޝަނުން މި ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެ ކަމަށް އުރީދޫން ބުންޏެވެ. ކުޑަކުދިންގެ ހަވީރުގެ އިތުރުން ފަން ރަންއާ ގުޅުވައި، ބުރާސްފަތި ދުވަހުގެ ރޭ ޒުވާނުންނަށް ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޝޯގައި ޓްރެފިކް ޖޭމާއި އިކުއެޓިކް ވައިބްގެ އިތުރުން ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމް ކުރާނެ އެވެ. އެ ޝޯ އޮންނާނީ އެރޭ 8 އިން 12 އަށެވެ.އުރީދޫ ފަން ރަން އޮންނާނީ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގަ އެވެ. އެއީ އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ