މޮޅު އުކުޅަކުން މަކަރުވެރި ފިރިމީހާގެ ޙަޤީޤަތް ޔަޤީންކޮށް ރަނގަޅު އަދަބެއްދިން އަންތބެއްގެ ވާހަކަ- ދެރަ ލިބުނު ފިރިމީހާގެ ދުލުން!

އަހުރެމެންގެ ކައިވެންޏަށް 3 އަހަރެވެ. އަހަރުނުވާ ކުޑަކުޑަ ދަރިއަކުވެސް އެބައޮތެވެ. އެއީ ކުރަން ރަނގަޅު ކަމެއް ނޫންނަމަވެސް އަހުރެން ލޯބިވެރިއަކު ގެންގުޅެވެ. އޭނާ ބުނާ ކަންކަންވެސް ކޮށްދެމެވެ. އަހުރެންނަށްވުރެ ގިނައިން ފައިސާ ލިބެނީ އަނބިމީހާއަށެވެ. އެހެންވެ ދޮގުހަދައިގެން އަބިމިހާގެ އަތުން ފައިސާހޯދައިގެންވެސް އޭނާ ބުނާ ކަންކަން ކޮށްދެމެވެ. 
އެއްދުވަހު ލޯބިވެރިޔާގެ ކިބައިން ލިބުނު މެސެޖެއްގައި އޮތީ މެސެޖުގައިވާ އެކައުންޓް ނަންބަރަށް ވަރަށް އަވަހަށް 2000 ޑޮލަރު ޖަމާކޮށްދިނުމަށެވެ. އަތުގައި ފައިސާ ނެތުމުން އަނބިމީހާގެ ގާތަށްގޮސް ކޮއްކޮ ބަލިވެގެން ފޮނުވަން 2000 ޑޮލަރުދޭން އެދޭއިރަށް ވަޤުތުން ދީފިއެވެ. ވަޤުތުން އެއެކައުންޓަށް ޖަމާވެސް ކުރީމެވެ.  
މުޅި ދުވަހު ލޯބިވެރިޔާގެ ޚަބަރެއްވެސް ނުވާތީ ވިސްނަންއިންދައި އެރޭ 8 ޖަހަނިކޮށް ލޯބިވެރިޔާ ގުޅުމުން ފޯނު ނުނަގައި ގެއިން ބޭރަށް ނުކުމެ ތަންކޮޅެއް ދުރަށްޖެހިލާފައި ފޯނުނެގީމެވެ. "ލޯބީ!" އެވެ ބުނާއިރަށް ބުނީ "ޖަނަވާރު ދެން މިގެއަށް ނުވަނުމަށެވެ." މިވީ ގޮތެއް ނުއެނގުނެވެ. އެއީ ލޯބިވެރިޔާގެ އަޑެއް ނޫނެވެ. އަނބިމީހާގެ އަޑެވެ.  
ވީގޮތެއް ބަލަން އެނަންބަރަށް ގުޅުމުން ފޯނެއް ނުނަނަގައެވެ. ވާނުވާއެއް ނުއެނގިހުރެ ގޮސް ގެއަށް ވަންނަން ބެލިއިރު ގެހުރީ ތަޅުލައިފައެވެ. ބެލްޖަހަޖަހާ ނުވެސް ހުޅުވިއެވެ. އަނބިމީހާގެ ފޯނަށް އެތައް ފަހަރަކު ގުޅުމަކުންވެސް ނުނެގިއެވެ.  
އެހިސާބުން ގޯހެއް ހިނގައިފިކަން ވިސްނިގެން ލޯބިވެރިޔާގެ ނަމުގައި ފޯނުގައި އިން ނަންމަބަރަށް ބަލައިލިއިރު އިނީ އަނބިމީހާގެ ނަންބަރެވެ. އަނބިމީހާ އެވަނީ ކޮންމެވެސް ގޮތަކުން ފޯނު ހުޅުވައި ލޯބިވެރިޔާގެ ނަންބަރު ޑިލީޓްކޮށް އޭނާގެ ނަންބަރު ލައިފައެވެ. ފައިސާ ޖަމާކުރަން ފޮނުވި މެސެޖްކީވެސް އަހުރެންގެ ޙަޤީޤަތް އޮޅުންފިލުވަން އަނބިމީހާ ޖެހިމަޅިއެއްކަން އެހިސާބުން ވިސްނުނެވެ. ފައިސާ ހޯދަން ހެދުނު ބޮޑު ދޮގުގެ މަތިން ހަނދާންވުމުން އަނބިމީހާ އާއި އިތުރަށް ވާހަކަ ނުދެއްކޭނެކަން ޔަޤީންވާތީ ދިއައީ ލޯބިވެރިޔާގެ ގެއަށެވެ.  
ލޯބިވެރިޔާވެސް އަހުރެން ޤަބޫލެއް ނުކުރިއެވެ. އެއީ ލޯބިވެރިޔާއަށް ޚަރަދުކުރަނީ އަނބިމީހާއަށް މަކަރުހަދައިގެން ހޯދާ ފައިސާކަން އަނބިމީހާ ކިޔައިދިނުމުންނެވެ. ޙަޤީޤަތުގައި އެ 2000 ޑޮލަރުގެ ޑީލަކީ އެކަމުގެ ހެކިދައްކަން ދެއަންހެނުން މަޝްވަރާކޮށްގެން ހިންގާފައިވާ ޑީލެކެވެ.  
އެރޭ ނިދީ އެކުވެރިއެއްގެ ގޭގައެވެ. އަނެއް ދުވަހު ކުޑައަގަކަށް އެކަނިވެރި ފިރިހެނުން ބަލަހައްޓައިދޭ ތަނަކަށް ބަދަލުވީއެވެ. މީހަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން އަމިއްލައަށް ލިބިގަތް މީހަކަށް އަހުރެންވެސް ވާނެއެވެ.  
މިއީ އަހުރެން ކިޔާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ. މިޙާދިސާއަށް ވިސްނުމުން ފާހަގަކުރަންޖެހޭ ކަމަކީ މިފަދަ ޢަމަލުތައް ކުރުން ހުއްޓާލައިގެން ނޫނީ ރަނގަޅު ދިރިއުޅުމެއް ނުލިބޭނެކަމެވެ. މަކަރުހަދާނަމަ ފަޅާއަރާނެކަމެވެ. ބޭޒާރުވުމުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ ކަމެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ