އެމްޑީޕީގެ ޗެއަރ ޕާސަންގެ މަގާމަށް ވާދަކުރަށްވާ، ”ހިންގާލަން“ ޓީމުގެ ކެންޑިޑޭޓް، އިގްތިސޯދީ މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއި ގުޅޭ ގޮތުން ދެން ވާދަކުރަށްވާ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ”ތިލަފަތުގެ ރަމްްޒް“ ކެމްޕެއިން ޓީމުން ދައްކަމުންދާ ވާހަކަތަކަކީ ”ބިލާހެއް“ކަމަށް، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ”ހިންގާލަން“ ޓީމު އަދި ކެންޑިޑޭޓް އާއި މެދު ދެކެވެމުންދާ ”ނުފޫޒު ފޯރުވުން“، ”ބިރުދެއްކުން“، ”ވައްކަންކުރުން“ ފަދަ ވާހަކަ ތަކަކީ އެއްވެސް އޮށްޓަރެއް ހުރި ވާހަކަ ތަކެއް ނޫން ކަމަށާއި ”ތިލަފަތުގެ ރަމްޒުް“ ޓީމުން ކުރަމުން ދާ ބޮޑެތި ތުހުމަތު ތަކަކީ އަސްލެއް ފެންނަން ނެތް އަތްނުލެވޭ އެއްޗެހި ތަކެއްކަމަށެވެ.
”ތިލަފަތުގެ ރަމްޒް“ ޓީމުން ކުރަމުން ދާ ތުހުމަތުތަކީ ތެދު ހަގީގަތް ކަމުގައި ވާނަމަ، މިފަދަ ބޮޑެތި މައްސަލަތަކާއި މެދު ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޝަކުވާ ހުށައެޅި ދައުވާ ސާބިތުވެފައި ނެތީ ކީއްވެތޯވެސް އޭނާ ސުވާލުކުރެއްވިއެވެ. އަދި ހަމައެގޮތަށް ގާތްތިމާގެ މީހުންނަށް މަންފާވާނެ ގޮތަށް ޕްރޮޖެކްޓްތަައް ދެވިފައިވާ ވާނަމަ އެ މަޝްރޫޢުތައް ހިންގަމުންދާތަން ފެންނަން އޮންނަންވާނެ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.
”އެބޭފުޅުން ދައްކަވަނީ މުޅިންވެސް ތިކަހަލަ ބިލާހުގެ ވާހަކަ ނޫންތޯ، އަސްލެއް ނުފެނެއެއްނޫންތޯ އޭގެ، އަތެއް ނުލެވޭ އެެއްޗެހީގެ ވާހަކަ ނޫންތޯ ދައްކަނީ“
މީގެއިތުރުން އަހުމަދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބާއި ގުޅިގެން ކުރަމުންދާ ކެމްޕެއިންތަކުގައި ޒާތީވެ، އެކަކު އަނެކަކު އަބުރަށް އަރައިގަނެ ދެމުންދާ ބަހުގެ ހަމަލާތަކުގައި ފައިދާ އެއް ނެތްކަމަށެވެ. އަދި މިއިންތިހާބު ނިމުމާއި އެއްކޮށް އެކުގައި މަސަތްކަތް ކުރަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެހެން ކަމުން ގާތް ނުވެވޭނެ ވަރަށް ދުރުވެގެން ނުދާނެ ގޮތަށް ދެޓީމުންވެސް މަސައްކަތްކުރަން އަހުމަދުވަނީ ވިދާޅުވެފައިއެވެ.
”ތިލަފަތުގެ ރަމްޒް“ ކެމްޕެއިން ޓީމުން ދައްކާ ވާހަކަތަކަކީ ”ބިލާހެއް“: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ