ގާޒީ ނިހާޔަތު އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ގާޒީ ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވީ ޖޭއެސްސީ އިން އޭނާގެ މައްސަލަ މިދިއަ އޯގަސްޓަ މަހުން ފެށިގެން ބަލައެއް ބަލަމުން ދަނިކޮށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމަށް ވެސް އޭރު ވަނީ އަންގާފަ އެވެ.
ނިހާޔަތު ސަސްޕެންޑްކުރީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ދައުވާކުރި ފަރާތުން ހާޒިރުނުވެގެން ބާތިލްކުރި ގަޒިއްޔާއެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ ނިހާޔަތާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ