މުއިއްޒުގެ ވައުދެއް: ވާނުވާ ބަންދުގެ މައްސަލަ ނިމުމަކަށް ގެންނާނަން
ޝަރީޢަތް ނުފެށި ވާނުވާގައި ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ މައްސަލަ ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.މި ސަރުކާރު ވުޖޫވެގެން އައީ "ވާނުވާ" މައްސަލާގައި ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. "ވާނުވާ" ޖެހުން ހުއްޓުވާ މައްސަލައަށް ހައްލު ހޯދާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެ ވައުދާއި ގުޅިގެން މިހާތަަނަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޖުލައި 2021ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 'ވާނުވާ' ބަންދުގައި އޭރު 400 މީހަކު ތިއްބެވެ. ސަންގު ޓީވީން މިރޭ ގެނެސްދިން ''އާސްކް މުޢިއްޒު'' ޕްރޮގްރާމު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ވާނުވާގައި ތިބޭ މީހުންގެ މައްސަލަތައް އެ އޮންނަ އުސޫލު ތެރެއިން ގޮސް އިންސާފުވެރިކަމާއެކު ނިންމުމަށް މަގުފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ވާނުވާގައި ބަންދުގައި ބޭތިއްބުމުން ހައްގުތައް ގެއްލޭކަން ފާހަގަކުރައްވައި މުޢިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ގާނޫނުތައް ހަރުދަނާކޮށްގެން އެކަން ނިމުމަކަށް ގެންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.''[ވާނުވާ ބަންދުގައި] އަހަރެއް ދެއަހަރު ތިން އަހަރުވީމަ ހާދަ ބޮޑު އަނިޔާއެކޭ އެ ދެވެނީ. އެހެންވީމަ އެކަން ނިމުމަކަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަމޭ. އެއީ ވަރަށް މުހިންމު ކަމެއް.'' މުއިއްޒު ވިދާޅުވި އެވެ.ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 400 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ ހުރިހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށް ގިނަ ޤާނޫނީ ވަކީލުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ