ދިރާގު ގޭމާސް ގިލްޑްގެ ރޮކެޓް ލީގު މުބާެރާތަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހަމަވާނެ

ދިރާގު ގޭމާސް
ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް
ސީރީޒް: ރޮކެޓް ލީގު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.  
މި މުބާރާތް ކުރިއަށްދާނީ ޖުލައި 24، އާއި 25 ގައި ހުޅުމާލޭގައި ހުންނަ ޒީރޯ ޕޮއިންޓް ގޭމިން ކެފޭގަ އެވެ. މުބާރަތުގައި
ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ. ގެ ޕްރައިޒް ޕޫލެއް
ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޕްރިމިއަމް ޕަރޓްނަރަކީ މިނީސޯ، އަދި
އެލީޓް ޕާޓްނަރަކީ ވިލާ މާޓެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
އެއްވެސް ފީއަކާ
ނުލައި، ކޮންމެ ސްކިލް ލެވެލްއެއްގެ ގޭމް ކުޅުންތެރިންނަށް ވެސް
ބައިވެރިވެވޭގޮތަށް ހުޅުވައިލައިފައިވާ މި މުބާރާތުގައި ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށް
ރެޖިސްޓާ ކުރެވޭނެ އެވެ. 
ރޮކެޓް ލީގުގެ
އިތުރުން، މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ކުޅެވޭނެ ތަފާތު އިތުރު
ގޭމުތައް ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ރޭސިން ސިމިއުލޭޝަން، ވީއާރް
ގޭމްސް، އެފްސީ 26 އަދި ޓެކެން ފަދަ ގޭމުތައް ހިމެނެ އެވެ.
މި އިވެންޓް ގޭމް
ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާއާއި ރައްޓެހިންގެ އިތުރުން މުބާރާތް
ބަލަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފޯރިގަދަ އަދި މަޖާ އިވެންޓަކަށް
ވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.  
ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ދިރާގު ގޭމާރސް
ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ،
އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް
އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ